ޚަބަރުރަށު ކުޅިވަރުކުޅިވަރުއުފާ ފުޓުސަލް ކަޕް

އުފާ ފުޓްސަލް ކަޕް 2019 – ޗެމްޕިއަންކަން ތިޔަމަސް އެކްސް ސްޕޯރޓްސް ހޯދައިފި

އުފާ ފުޓްސަލް ކަޕް 2019

އުފާ ފުޓްސަލް ކަޕް 2019 ގެ ޗެމްޕިއަންކަން ތިޔަމަސް އެކްސް ސްޕޯރޓްސް ހޯދައިފިއެވެ. ތިޔަމަސް ޗެމްޕިއަންކަން ހޯދީ މުބާރާތުގެ ފައިނަލް މެޗުގައި 2 – 1 ލަނޑުން އެއްމެ ފަހުގެ ޗެމްޕިއަން ޔަންގް ސްޓަރ ގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފައިނަލްމެޗުގަ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ތިޔަމަސް އެކްސް އިންނެވެ. މެޗުގެ 15 ވަނަ މިނެޓްގައި ތިޔަމަސް އަށް ލީޑު ނަގައިދިނީ ހަސަން ފަޒީލްއެވެ. ޔަންގް ސްޓަރ އަށް އެއްވަރުކޮށްދިނީ ދެވަނަ ހާފުގެ 13 ވަނަ މިނެޓްގައި އިބްރާހީމް ސިނާހް އެވެ. ތިޔަމަސް އިން ދެވަނަ ފަހަރަށް ލީޑުނެގީ މެޗުނިމެން 2 މިނެޓަށް ވެފައިވަނިކޮށް އުޒައިރު ހަސަންއެވެ.

ފައިނަލް މެޗުގެ މޮޅު ކުރުންތެރިއާގެ މަޤާމު ހޯދީ ތިޔަމަސް އެކްސް ސްޕޯރޓްސްގެ ކެޕްޓަން އުޒައިރު ހަސަންއެވެ. މޮޅު ކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވީ ޔޫތު އެސޯސިއޭޓް އަހުމަދު ޝާހިދުއެވެ.

މުބާރާތުގައި ޖަޖްކަން ކޮށްދެއްވި ފަރާތްތަކަށް އުފާއިން ދިން ހަނދާނީ ހަދިޔާ ހަވާލުކޮށްދެއްވީ އަބްދުލް ޤާދިރު އަބްދުﷲ އެވެ. ރެފްރީކަން ކޮށްދެއްވި ފަރާތްތަކަށް އުފާއިން ދިން ޓްރޮފީ އަދި މެޑަލް ހަވާލުކޮށްދެއްވީ އެޓޯލް ކޮމާންޑަރު ފާތިހްއެވެ.

މުބާރާތުގައި އެއްމެ ގިނަ ގޯލް ޖަހައިގެން ރަންބޫޓް ހާސިލްކުރީ ތިޔަމަސް އެކްސް ސްޕޯރޓްސްގެ މަމްދޫހު އަބްދުލް ޤާދިރުއެވެ. މަމްދޫހު އަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކުލަބް ޔޫތު ސްޓަރގެ ނައިބް ރައީސް މުހައްމަދު އަބްދުއްޝަކޫރެވެ.

މުބާރާތުގެ އެއްމެ މޮޅު ކީޕަރުގެ މަޤާމް ހޯދި ތިޔަމަސް އެކްސްގެ އަހުމަދު އަފްސަލް އަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރިވާޑް ޕްލަސްގެ މެނޭޖަރ އަދި ކުރީގެ ކީޕަރ އިބްރާހީމް ހަލީމްއެވެ.

މުބާރާތުގެ އެއްމެ މޮޅު ފަސްކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކްލަބް ޔޫތު ސްޓަރގެ ނައިބް ރައީސް މުހައްމަދު އަބްދުއް ޝަކޫރާއި ޔޫތު އެސޯސިއޭޓް އަހުމަދު ޝާހިދު އާއި އުނގޫފާރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަފްލާހު އަދި ލޮޓަސް ގެ ފަރާތުން ވަޑައިގެންނެވި އެމްޑީ އާއި ގެނެރަލް މެނޭޖަރއެވެ.

މުބާރާތުގެ އެއްމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވުނީ

1- ތިޔަމަސް އެކްސް ސްޕޯރޓްސްގެ ޖާޒީނަމްބަރ 9 އިބްރާހީމް މުބީން އަހުމަދު

2- ވައިނޮޓް ސްޕޯރޓްސްގެ ޖާޒީނަމްބަރު 11 އަލީ ސިމާހް

3- ވައިނޮޓް ސްޕޯރޓްސްގެ ޖާޒީނަމްބަރު 24 އަލީ ޝައިހާން

4- ޔަންގް ސްޓަރގެ ޖާޒީނަމްބަރު 11 އަލީ އުނައިސް

5- ޔަންގް ސްޓަރގެ ޖާޒީނަމްބަރު 30 އަހުމަދު ނާހިދު އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ތިޔަމަސް އެކްސް ސްޕޯރޓްސްގެ އިބްރާހީމް މުބީން އަހުމަދު އާއި ޓްރޮފީ ހަވާލުކޮށްދެއްވީ އުނގޫފާރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަފްލާހްއެވެ.

މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ވައިނޮޓް ސްޕޯރޓްސްއެވެ. ވައިނޮޓް ސްޕޯރޓްސްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޖަމްއިއްޔަތުއްސައިފްގެ މުސްތަޝާރު އަބްދުﷲ ރަޝީދެވެ.

މުބާރާތުގެ ރަނަރަޕް ޓީމަށް އުފާ އަދި ލޮޓަސް އިން ދިންފައިސާގެ އިނާމް 10 ހާސް ރުފިޔާ އާއި މެޑަލް ހަވާލުކޮށްދެއްވީ ލޮޓަސްގެ ޖީއެމްއެވެ.

މުބާރާރުގެ ޗެމްޕިއަންޓީމަށް އުފާ އަދި ލޮޓަސް އިން ދިންފައިސާގެ އިނާމް 25 ހާސް ރުފިޔާ އާއި ރަންމެޑަލް އަތި ތަށި ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހުމާން ލޮޓަސްގެ ޗެއަރމަންއެވެ.

އުފާ ފުޓްސަލް ކަޕްގެ ހުރިހައި މެޗެއްގެ ފޭސްބުކް ލައިވް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް  އިން ގެނެސް ދެމުންދަނީ އެސް ޓީ އޯ ގެ ހެޔޮއެދުންތަކާއެކުގައެވެ.

ތިޔަމަސް އެކްސް ސްޕޯރޓްސް އަދި ޔަންގް ސްޓަރ ބައްދަލުކުރި ފައިނަލްމެޗްގެ ފޭސްބުކް ލައިވް ވީޑިއޯ

UFAA Futsal Cup 2019 – FinalThiyamus X Sports vs Young Star#UFAAFutsalCup2019 #ufaasports #ufaa #ungoofaarucommunitycentre Lotus Bike ShopLotus FihaaraState Trading Organization Plc

Posted by Ungoofaaru.com on Thursday, 5 September 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close