ޚަބަރުރ.އަތޮޅުވަޒީފާސިއްޙަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާ ހަމަވާނެ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ސަރުކާރުން ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ބައެއް މަޤާމުތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ކުރި އިއުލާނުގެ ސުންގަޑި މާދަމާ 13:30 އަށް ހަމަވާނެއެވެ.

މުވައްޒަފުން ހޯދުމަށް 31 އޮގަސްޓް 2019 ގައި ކޮށްފައިވާ އިއުލާނު ތަކުގައި، މުވައްޒަފުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ ޑްރައިވަރ، ސީނިއަރ އެކައުންޓް އޮފިސަރ، ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ރިސެޕްޝަނިސްޓް، ޕްރޮކިއުމަންޓް އޮފިސަރ، އިލެކްޓްރީޝަން، ކަސްޓަމަރ ރިލޭޝަން، ހައުސްކީޕަރ އަދި އެޓެންޑެންޓްގެ މަޤާމަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މިބިޔަ މަޝްރޫއަށް ސަރުކާރުން 161 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ހޮސްޕިޓަލުތަކުގެތެރެއިން މިހާރުވެސް އެއްމެ ގިނަބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close