ޙަބަރުރަށު ކުޅިވަރުކުޅިވަރު

އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ވައިޑީޕީ ގައި ބައިވެރިވުމަށް ފޯމު ދޫކުރަން ފަށައިފި

އުނގޫފާރު ކޮމިއުނިޓީ ސެންޓަރ

އުނގޫފާރު ކޮމިއުނީޓީ ސެންޓަރުން ކުރިއަށްގެންދާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކަށް އެޕްލިކޭޝަން ފޯމް ދޫކުރަން ފަށައިފިއެވެ. ފޯމުދޫކުރާނީ ކޮމިއުނިޓީ ސެންޓަރު ހުޅުވިފައި ހުންނަ ވަގުތުތަކުގައި އެސެންޓަރުންނެވެ.

އުނގޫފާރު ކޮމިއުނިޓީ ސެންޓަރު ހިންގުމާއި ހަވާލުވެ ހުންނެވި ޔޫތު އެސޯސިއޭޓް އަހުމަދު ޝާހިދު ވިދާޅުވީ މިއަދުން ފެށިގެން 5 ދުވަހުގެ ނިޔަލަށް ފޯމު ދޫކުރާނެކަމަށެވެ. އަދި މިޕްރޮގްރާމް ގައިބައިވެރިވާން ބޭނުންވާ ދެޖިންސުގެ ކުޑަކުދިންނަށްވެސް ފުރުސަތު އޮންނާނެކަމަށެވެ. މިހާރު އާއްމުކޮށް ހުޅުވާލެވިގެން ކުޅުމުގެ ފުރުސަތު ދެމުންދާކަމަށާއި ވައިޑީޕީ ހަރަކާތް ފެށުމުން ދެން ފުރުސަތުގެ ދެވޭނީ މިޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ކަމަށެވެ. ވީމާ ހުރިހައި ކުދިންވެސް މި ޕްރޮގްރާމްގައި ބައިވެރި ވުމަށް ޝާހިދު އެދިލައްވައެވެ.

މިހާރުވެސް ކޮމްނެ ދުވަހަކު ހަވީރު ގިނައަދަދެއްގެ ކުޑަކުދިން ކޮމިއުނިޓީސެންޓަރުގެ ފުޓުސަލް ދަނޑަށް ކުޅެންދާކަން އެސެންޓަރުން ފާހަގަކުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close