ދިރިއުޅުންދީން

މަންމާ! އަހަރެން ސަލާމަތްކޮށްދީ!

ދަރިންނަކީ މާތް ﷲ މައިންބަފައިންނަށް ދެއްވާފައިވާ ވަރަށްވެސް އަގު ބޮޑު ނިއުމަތެކެވެ. އަދި އެއަށްވުރެ ބޮޑު އަމާނާތެކެވެ. އެހެންކަމުން އެ ނިޢުމަތަށް ޝުކުރުވެރިވެ ލިބިފައިވާ އަމާނާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާ އެކެވެ. ނަމަވެސް ބައެއްފަހަރު ބައެއް މައިންބަފައިން އެމީހުންނަށް ހަވާލު ކުރެވިފައިވާ އެ މަތިވެރި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރެވޭ ތަން މަދުން ނަމަވެސް އަދުގެ މުޖުތަމައުން ދަނީ ފެންނަމުންނެވެ. މީ ވަރަށްވެސް ހިތާމަ ހުރި ކަމެކެވެ. އާޙިރަތް ދުވަހުން އެމީހުންނަށް ހަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރެވުނު ގޮތާއި މެދު ސުވާލު ކުރެވޭނެކަން ކަށަވަރެވެ. އެދުވަހުން އެ ޒިންމާ އަދާ ނުކުރެވުނު މައިންބަފައިންނަށް ދެއްކޭނޭ އެއްވެސް ބަހަނާ އެއް ނޯންނާނެއެވެ. އެހެން ކަމުން ތިޔަ މައިންބަފައިންނަށް ލިބިފައިވާ އެ މަތިވެރި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭތޯ މަސައްކަތް ކުރާށެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުއެވެ.

ލޯބިވާ މަންމައާއި ބައްޕާއެވެ. އަބަދުވެސް އަޅުގަނޑުދެކެ އިންތިހާއަށް ލޯބިވާ ކަމަށް ހަރު އަޑުން ބުނަމުންދާއިރު އަޅުގަނޑު ދެކެ ތިވާ ލޯއްބަކީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ވެވޭ ލޯބިކަން ނިކަން ހިތާ ހިތާ ސުވާލް ކޮށްލަބަލާށެވެ.

ނުވަ މަސްދުވަހުގެ ގަދަ ވޭނުގާ! ދުޅަވެސް ހެޔޮނުވެ ފައިތިލަ މަތީ!

ކުޑަވެސް ލޮޅުމެއް ވެ ނުދީ އެކޮޔަށް، މޮޔަވާ ވަރުފެފައިވާ އޯއޯ މަންމާ!

ވިހެއުމުގެ އެ ގަދަފަދަ ވޭނުގާ! ކިޔެވުނު ހެޔޮއްޗެއް ކިޔަވައޭ!

އެދެލޯފުޅު ފުރިހަމަ ސިއްހަތުގާ ލައްވާތޯ އެދިއެދި އޯއޯ މަންމާ!

 

ލޯބިވާ މަންމައާއި ބައްޕައެވެ، 9 މަހާއި 9 ވަ ދުވަހު ތިޔަ މަންމަގެ ބަނޑުތެރޭގައި އެތަކެއް ވޭނަކާއި އެތަކެއް ތުރާތަކެއް ތަޙައްމަލް ކުރުމަށް ފަހު އަޅުގަނޑު މި ދުނިޔެއަށް ނޭވާލީ ދުވަހު ލޮލުން އޮހޮރެމުންދިޔަ އުފާވެރި ކަމުގެ ކަރުނައިގެ މަތިން ހަނދާން ނެތުނީހެއްޔެވެ. އަދި އެދުވަހު އަޅުގަނޑާއި މެދު ކުރެވެމުން ދިޔަ ފޮނި އުއްމީދުތައް ހަނދާން ނެތި ވެއްޔާއި މޮޑެވިގެން ދިޔައީ ހެއްޔެވެ؟ ލޯބިވާ މަންމާއެވެ. އަޅުގަނޑު ތުއްތު އިރު ކިތަންމެ ކުޑަ ކުޑަ އަނިޔާ އެއް ލިބުނަސް ތިޔަ މަންމަ ރޮމުން އަޅުގަނޑު ގައިގައި ފިރުމި ހަނދާން ނެތުނީހެއްޔެވެ. އެދުވަހު އަޅުގަނޑަށް އަނިޔާއެއް ލިބެން ނޭދުނު ފަދައިން މާދަމާ (އާޙިރަތް ދުވަހުން) ވެސް އަޅުގަނޑަށް އަނިޔާއެއް ލިބެން ނޭދޭނެ ކަން ޔަޤީނެވެ. އެހެނަސް މަންމަ މިއަދު އަޅުގަނޑާ މެދު އިޙްމާލް ވެއްޖެކަން ޔަޤީނެވެ. ލޯބިވާ ބައްޕާއެވެ! އަޅުގަނޑު ތުއްތު އިރު އަޅުގަނޑުގެ އަތުގައި ހިފައިގެން މިސްކިތަށް ގެންދިޔަ ފަދައިން މިއަދު އަޅުގަނޑު އަތުހިފައިގެން މިސްކިތަށް ނުދަނީ ކީއްވެހެއްޔެވެ. އެދުވަހު ފަތިސް ނަމާދަށް ހޭލެއްވުމަށްޓަކައި ފެން އަޅައިގެންވެސް ހޭލައްވާލުމަށްފަހު ފަތިސް ނަމާދަށް ގެންދާ ފަދައިން މިއަދު އެގޮތަށް ކަން ނުކުރަނީ އަޅުގަނޑު ރުޅި އަތުވެދާނެތީ ހެއްޔެވެ.

ބައްޕާއެވެ! އަޅުގަނޑު މިއަދު މިވަނީ މަގު ގެއްލި އަޤީދާ ބަލިކަށިވެފައެވެ. އެދުވަހު އަޅުގަނޑު ނަމާދަށް ނުދިއުމުން ކުދި ކުދި އަދަބު ދީގެންވެސް ނަމާދަށް އަހުލުވެރި ކުރި ފަދައިން މިއަދު އެފަދައިން އަމަލު ނުކުރަނީ ކީއްވެގެންތޯއެވެ. މަންމާއެވެ! އަޅުގަނޑުގެ ހަޔާތަށް ބަދަލް ތަކެއް އަތުވެއްޖެ ކަމުގެ އިޙްސާސް އެންމެ ރަނގަޅަށް ކުރެވޭނެ އެކަކީ ތިޔަ ލޯބިވާ މަންމަކަން ޔަޤީނެވެ. މަންމާއެވެ! ތިޔަ މަންމަ އަޅުގަނޑުދެކެ އިންތިޙާއަށް ލޯބިވާކަން އުފަލާއި އެކު ޤަބޫލްކުރަމެވެ. ނަމަވެސް ތިޔަ މަންމަ ދެމުން އަންނަ ލޯަމެވެ. ނަމަވެސް ޔބީގެ ނާޖާއިޒް ފައިދާ މި ދަރިފުޅު ނަގަމުން އަންނައިރުވެސް މަންމަ އެކަމާ އަޅާނުލާ ދުކޮށްލަނީ ކީއްވެހެއްޔެވެ؟ މަންމާއެވެ! މިއަދު އަޅުގަނޑު މިވަނީ ތިޔަ ދެމައިންނަށް ޤަބޫލު ކުރަން ދަތިވިއަސް މަގުފުރެދި ޝައިތާނީ ވަސްވާތަކަށް ހެއްލި ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ.

މަންމާއެވެ! އަޅުގަނޑު ގޯސް މަގު ހިޔާރު ކުރީ ކޮންމެހެން ހިތުން ރުހުމުން މިގޮތް ބޭނުން ވެގެނެއް ނޫނެވެ. އަދި މި ކުރާ ގޯސް ކަންކަން މިކުރެވެނީ ގޯސް ކަންކަން ނުވިސްނޭތީއެއްވެސް ނޫނެވެ. މިއަދު އަޅުގަނޑު ހިނގަމުން މިދާ ގޯސް މަގު ތަކަކީ ތިޔަ ދެމައިން އަޅުގަނޑު ތަރުބިއްޔަތު ކުރުމުގައި ވަރަށްވުރެ އިތުރަށް ލޯބި ދިނުމާއި ދަރިންނަށް ހެޔޮ ތަރުބިއްޔަތެއް ދިނުމުގައި އިޙްމާލުވުމުގެ ސަބަބުން ހިޔާރު ކުރެވުނު ގޯސް މަގުތަކެވެ.

ލޯބިވާ ބައްޕާއެވެ! ރޭގަނޑު ދަންވާފަހުން ބައްޕަގެ މި ދަރިފުޅު ގެއަށް އައުމުން ކުރިން ސުވާލު ކުރާފަދައިން މިއަދު ސުވާލު ނުކުރަނީ ކީއްވެހެއްޔެވެ. ބައްޕަގެ ރައްޓެހިން ބައްޕަގާތުގައި އަޅުގަނޑޭ ކިޔައިގެން ދައްކަމުންދާ ވާހަކަތަކަކީ ކިހާވަރެއްގެ ހަޤީގަތެއްތޯ ނުބަލަނީ ކީއްވެގެން ހެއްޔެވެ؟ ބައްޕާއެވެ! މިއަދު އަޅުގަނޑު މިވަނީ ހަމަ ރަނގަޅަށްވެސް މަސްތުވާ ތަކެތީގެ ޝިކާރައަކަށްވެ ހަޔާތް ބަރުބާދު ވެފައެވެ. އަޅުގަނޑު މި ކުރަމުން އަންނަ ނުބައި މަސްތުވާ ތަކެތީގެ ވަބާއިން މިންޖުވާން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް މިއަދު އަޅުގަނޑު މިވަނީ މަސްތުވާ ތަކެއްޗާއި ނުލާ ނޫޅެވޭ ވަރަށް ދިރިއުޅުން އަނދިރިވެ ނިކަމެތިވެފައެވެ. ތިޔަ ދެމައިން އަޅުގަނޑު ދެކެ ވާ ލޯއްބެއްގެ ބޮޑުކަމުން އަޅުގަނޑު ބޭނުންވާ ވަރަކަށް ބުނާ ކޮންމެ ފަހަރަކު ފައިސާ ތިޔަދެނީ ކީއްވެގެން ހެއްޔެވެ. އަދި ފައިސާ ދިނުމަށް ފަހު އެފައިސާއިން ކުރީ ކޮން ކަމެއްތޯ ނާހަނީ ކީއްވެގެން ހެއްޔެވެ؟ ރޭގަނޑު ހަތަރުދަމު ބޭރުގައި ކިތައްމެ ގިނަ ވަގުތެއް ހޭދަކުރިއަސް އަޅާނުލަނީ ކީއްވެގެން ހެއްޔެވެ؟ ގިނަ ރޭރޭ ގެއަށް އަންނައިރު އަޅުގަނޑުގެ ދެލޯ ރަތްވެ މުޅިމީހާ ދާހިތްލާ ފޯވެފައި ހުންނައިރު އެންމެ ކުޑަމިނުން އަޅުގަނޑަށް ވެފައި މިހުރީ ކީއްކަމާމެދު ސުވާލު ނުކުރަނީ ކީއްވެހެއްޔެވެ؟ ލޯބިވާ މަންމާއެވެ! އަޅުގަނޑުގެ މި އަނދިރި ހަޔާތުން ސަލާމަތް ކޮށްދޭށެވެ. މިއަދު އަޅުގަނޑު ވެއްޓިފައި މިވާ އަނދިރި ވަޅުގަނޑުން ސަލާމަތް ނުކުރެވިއްޖެ ނަމަ މާދަމާ ރޮއެ ހިތާމަ ކުރަން ޖެހޭ ދުވަސް އައުމުން ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެއެވެ.

މި ލިއުމަކީ ވަކިބަޔަކު ކުއްވެރި ކުރުމުގެ ގޮތުން ލިޔެވިފައިވާ ލިއުމެއް ނޫނެވެ. މީ މިހާރަކަށް އައިސް އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައިން މަދުން ނަމަވެސް ފެންނަ ކަމެކެވެ. އާންމުކޮށް ދަރިން ނުބައި މަގު ހިޔާރު ކުރަނީ އުމުރުން 14 އަހަރާއި 25 އަހަރާ ދެމެދު ގައި ކަމުން ދަރިން ކިޔެވުމުގެ ދައުރު ނިމެން ގާތްވުމުން ދަރިން އުޅޭ ނޫޅޭގޮއިތް ބަލައި ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ހައްދަވައި ގެންގުޅުއްވާ އިލާޙް! އަޅަމެންނީ މައިންބަފައިންނަށް ހެޔޮކޮށް ހިތާ ބައެއްކަމުގައި ލައްވާ، އެންމެހައި މަބައިންނަށް ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ހެޔޮ ތައުފީޤް މިންވަރު ކުރައްވާންދޭ! އާމީން

۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾

އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!

وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا ﴿٢٤﴾

އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!

“…kill not your children because of poverty – We provide sustenance for you and for them”. (Quran 6:151)

“O you who believe!  Ward off yourselves and your families against a Fire (Hell) whose fuel is men and stones, over which are (appointed) angels stern (and) severe, who disobey not, (from executing) the Commands they receive from God, but do that which they are commanded” (Quran 66:6)

“Your wealth and your children are only a trial, whereas God, with Him is a great reward (Paradise).” (Quran 64:15)

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close