ޙަބަރުރ.އަތޮޅު

ވީރާނާ ވަމުންދާ އިފުރު އެއަރޕޯޓަށް މިއަދު ރައީސް ވަޑައިގަންނަވަނީ

އިފުރު އެއަރޕޯޓް

2011 ވަނަ އަހަރު މަސައްކަތްފަށައި 28 މެއި 2015 ގައި ހުޅުވި އިފުރު އެއަރޕޯޓަކީ މުޅި ރ އަތޮޅު ރައްޔިތުންވެސް އެއްއިރެއްގައި ފަހުރުވެރި ކަމާއެކު ބަލައިގަނެ އެވާހަކަ ދެއްކި ތަނެކެވެ. ދަތުރުހަދައި އެރީތި ހިތްގައިމު އެއަރޕޯޓް ބަލާލަން އެތަކެއް ރައްޔިތުން ދިޔަ ރަށެކެވެ. އިފުރަށް ނުދެވޭ ކޮންމެ މީހަކީ “ކަޑަ” މީހެއްގެ ގޮތުގައި ދެކި ރައްޓެއްސަކު ނުވަތަ އާއިލާމީހަކު ފުރުވާލުމަށް ނުވަތަ ރިސީވްކޮށްލަން އިފުރަށް ދެވުމަކީ ފަހުރެއްގެ ގޮތުގައި ދެކުނު ޒަމާން މިހާރު މާޒީވެއްޖެއެވެ.

އަތޮޅުގެ އެކިހިސާބުންނާއި ކައިރި އަތޮޅު ތަކުން މީހުން އިފުރު ބަލާލަން އައެވެ. އިފުރު ހުޅުވިފަހުން އައި ފުރަތަމަ ރޯދަމަސް ވެގެން ދިޔައީ ބޮޑު އީދެއްގެ ގޮތުގައެވެ. ރޯދަވީއްލުމަށް ބައިހަދާފައި އިފުރަށް ދަތުރުކުރިއެވެ. ރައްޓެހިންނާއި އާއިލާ އެއްކޮށްނެވެ. އޮފީސްތަކުގެ މީހުންނާއި ކަމަވޮށިގެންވާ ފަރާތްތަށްވެސް މިކަމުން އިސްތިސްނާނުވެއެވެ. އިފުރުގެ ހިތްގައިމު މާހައުލުގައި ރޯދަވީއްލުމުގެ އުފާވެރިކަން ހޯދުމަށެވެ. ރާއްޖޭގައި ހުޅުވި އެއްމެ ރީތި ޑޮމެސްޓިކް އެއާރޕޯޓްގެ ހިތްގައިމުކަމުގެ ވާހަކަ އެއިރު ދައްކާ ކޮޅުންނުލައެވެ.

އެއާރޕޯޓްގެ ފުރިހަމަ ކަމުގެ ވާހަކަ އެއިރު ރ އަތޮޅު މީހުން ދެއްކީ ފަހުރުވެރިކަމާއެކުގައެވެ. އިމާރާތްތަކުގެ ރީތީވާހަކައެވެ. ތަނުންލިބޭ ހިދުމަތްތަކުގެ ފުރިހަމަ ވާހަކައެވެ. އެއަރޕޯޓަށް ދާން އޮންނަ މަގުގެ ރީތިކަމާއި ހިތްގައިމު ކަމުގެ ވާހަކައެވެ. ތިމަންނާ ވަޒީފާ އަދާކުރަނީ އިފުރު އެއަރޕޯޓްގައޭ ޒުވާނުން ބުނެލީ ފަހުރުވެރިކަމާއެކުގައެވެ. ނަމަވެސް މިއަދު އެއީ މާޒީއެވެ.

އިފުރު ވީރާނާ ވެއްޖެއެވެ. އިފުރު އެއާރޕޯޓް މަތިން ރައްޔިތުން ފޫހިވެއްޖެއެވެ. ރަށުން ލިބެމުންއައި އެތައްހިދުމަތެއްގެ ފެންވަރު ދައްވެއްޖެއެވެ. ބައެއްހިދުމަތްތައް ނުވެސް ލިބެނީއެވެ. ދަތުރަށް އިފުރަށް ފޭބީއްސުރެ ފްލައިޓަށް އެރުމާ ހަމައަށް ހިނގާ ހުރިހާ މަރުހަހަލާއަކުންވެސް ފަސިންޖަރުންނަށް ހިތްހަމަ ޖެހުމެއްނެތެވެ. އެއަރޕޯޓުން ފުރަންދާ ފަރާތްތަކަށާއި އެއަރޕޯޓުން އަންނަ ފަރާތްތަކަށް ބަގީ އެއްވެސް ލިބޭފަހަރަށްވުރެ ނުލިބޭ ފަހަރު ގިނަވެއްޖެއެވެ. ފަތުރުވެރިންނަށް ބަގީގެ ހިދުމަތް އެލިބޭ ފެންވަރެއްގައި ލިބެއެވެ. ޗެކިން ނިމިގެން ލަގެޖް ސްކޭން ކުރުންވެސް މެނުއަލްކޮށް ކުރާފަހަރުތަކުގެ ވާހަކަ ފަސިންޖަރުން ދައްކަން ފަށައިފިއެވެ.

ޓާމިނަލުން ނިކުމެ ފްލައިޓަށް އަރަން ބަލާއިރު އެއަރޕޯޓްގެ އޭޕްރަން ހަލާކުވެ ބޭނުންކުރުން ރައްކައުތެރި ނުވާތީ ފްލައިޓަށް މީހުން އަރުވާ ބާލަނީ ރަންވޭ މަތީ ބާއްވައިގެންނެވެ. ރަންވޭއަށް ފަސިންޖަރުން ދާންޖެހެނީ ހިންގާފައެވެ. ކުޑަކުއްޖަކަސް ބޮޑުމީހަކަސް ދުވަސްވީ މީހަކަސް ހަމަ އޮތީ މިގޮތެވެ. ކަމާއިގުޅެ ޤާނޫނު ތަކުގައި މިކަންކަން ހުރިގޮތެއް އަދި މިއީ ކިހާ ރައްކައުތެރިކަމެއްކަމެއް އަޅުގަނޑަކަށް ނޭންގެއެވެ.

މުވައްޒަފުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ކުރިންފެނުނު އުޖާލާކަމެއް ނުފެނެއެވެ. މުވައްޒަފުންނަށް ދިމާވާ ދަތިތަކުގެ ޝަކުވާވެސް ވަކިމަދެއްނޫނެވެ. ޝަކުވާތަކަށް ހައްލެއްނުލިބެއެވެ. މުވައްޒަފުންގެ އެކަމަޑޭޝަން އާއި ކެއުންމުގެ ކަންކަން އިންތިޒާމު ވެފައިވާގޮތުން މުވައްޒަފުންގެ ކަންބޮޑުވުން އެހާމެބޮޑެވެ. އާހިރުނަތީޖާ އަކަށްވަނީ ކެއްނުވެ މުވައްޒަފުން ވަޒީފާ ދޫކޮށްދިއުމެވެ.

ރަގަނޅު ކާއެއްޗެއް އިފުރުން ނުލިބުމަކީ އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި މުވައްޒަފުންގެ ބޮޑު ޝަކުވާ އަކަށްވެފައިވާތާ އެތަކެއްއަހަރު ތަކެއްވެއްޖެއެވެ. ޓާމިނަލްގައި ކެންޓީނެއްހުރެއެވެ. އަދި އެއަރޕޯޓް ސަރަހައްދުން ބޭރުގައި އެއަރޕޯޓަށްދާ މަގުގައި ކެފޭއެއްހުރެއެވެ. ތަނުން ލިބޭ ހިދުމަތުގެ ފެންވަރުދަށެވެ. ތަނުގެ ފެންވަރުވެސް ދައްވެ ތަނުން ފެންނަނީ ވީރާނާ ވަމުންދާ މަންޒަރެވެ.

ސޯޝަލް މީޑިއާގައި އެތަކެއްބަޔަކު މިވާހަކަ އެކިގޮތްގޮތައް ދައްކާތާ ދުވަސްތަކެއްވެއްޖެއެވެ. ނަމަވެސް އެއަރޕޯޓް ހިންގާ އައިއޭއެސް އަދި ރާއްޖޭގެ ޤައުމީ އެއަރލައިންވެސް އޮޕަރޭޓްކުރާ ކުންފުންޏަށް މިއިންކަމެއް ރޭކާލާހެނެއް ހިޔެއްނުވެއެވެ. ނުވަތަ އެނގޭކަމަށް ނުހަދަނީއެވެ. ސަރުކާރު ބަދަލުވެއްޖެއެވެ. ކުންފުނީގެ ވެރިންވެސް ބަދަލުވެއްޖެއެވެ. ނަމަވެސް އަދިވެސް މިފެންނަނީ ކުރިންވެސް އޮތް ހާލަތުގައި އެއަރޕޯޓް އޮވެ ހާލަތު އިތުރަށް ގޯސްވާތަނެވެ.

މިއަދަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އިފުރަށް ޒިޔާރަތް ކުރައްވާ ދުވަހެވެ. މަޤާމާއި ހަވާލުވެލެއްވި ފަހުން ރ އަތޮޅަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. ފުރަތަމަ މި ވަޑައިގަންނަވަނީ ރ އަތޮޅު ރައްޔިތުން އެރަށަކަށްޓަކައި ފަހުރުވެރިވި ވީރާނާ ވަމުންދާ އިފުރަށެވެ. އެމަނިކުފާނަށް މިދެންނެވި ކަންކަން ފާހަގަ ނުކުރެވިދާނެއެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
3 Comment threads
2 Thread replies
0 Followers
 
Most reacted comment
Hottest comment thread
5 Comment authors
maambeހައްވަކޮUngoofaaru meehaރ.އަތޮޅު ދަރިއެއް.ދުވާފަރު އަހައްމަދު Recent comment authors
maambe
Guest
maambe

Raajeyga ga emmeh kada airport

ހައްވަކޮ
Guest
ހައްވަކޮ

އަޅުގަނޑަކަށް ނޭނގެޔޭ ކިޔާ އަދިވެސް ލިޔަނީ.؟ ނޭނގޭ އެއްޗެހި ނުލިއުން މާ ބުއްދިވެރި، ނޫނީ ދަސްކޮށްފައި ކީއްވެގެންކަން އޮޅުންފިލުވާފައި ލިޔަންވީ. މިއީ ނޫސްވެރިކަމެއްވެސް ނޫން. މިޔަށް ކިޔާނީ ތިމާއަށް ފެންނަ އެއްޗެއް ލިއުން، މާނައަކީ މިއީ އޮޕީނިއަން އެކޭ، އެހެން ނޫނަސް ދެން އެނގޭ އެބަ ބަލާލީމަ މިއީ ނޫހެއްހެން ހިންގާ ވަކި ބައެއްގެ ޕްރޮޕެގެންޑާ މެޝިނެއްކަން. ފޮޓޯތަކުން ވީރާނާ ވާ ތަނެއް ނުފެނޭ. ލިޔަފާހުރީ ފެކްޓަށްވުރެ ބޮޑަށް ބުންޏޭ ބުންޏޭ ކަހަލަ ވާހަކަ. ދެން ބުނަން ޚަބަރު ކިޔާއިރު ތިކި އިންނާނީ ހާގެ މަތީގައި. ތިރިއަކުނޫން. އެވަރު ނޭނގޭ ބަޔަކަށް ކޮން ހަބަރެއް ލިޔެވޭނީ. ބޯ ހަލާކު

ދުވާފަރު އަހައްމަދު
Guest
ދުވާފަރު އަހައްމަދު

އެއަރޕޯޓް ތިހާލަތަށް ވެއްޓިފައިވަނީ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް އައިފަހުންނެވެ. އެކަމު މިއާޓިކަލް ކިޔާލުމުން ހީވީ މިހާލަތު އައިސްފާވަނީ ކުރީގެ ވެރިކަމުގާހެންނެވެ. ނާޤާބިލް ވެރިޔަކުއައިމަ ފެންނާނެ ހުރިހާ މަންޒަރެއް މިހާރު މިދަނީ ރައްޔިތުންނަށް ފެންނަމުން. މިކޮމަންޓްކުރިޔަސް އެނގޭ ޕަބްލިޝް ކުރާކަށް ނުކެރޭނެކަންވެސް. ވ.ސަލާމް

ރ.އަތޮޅު ދަރިއެއް.
Guest
ރ.އަތޮޅު ދަރިއެއް.

އިބޫ ވެރިކަމަށް އައިމަ ހަމަ ކުއްލިއަކަށްތަ އެތަން ހަލާކުވީ??? މީގެ ކުރިން ޔާމީނު ސަރުކާތުންސުރެ އެތަނަށް އަޅާނުލީމަ އެތަން ހަލާކުވީ.. ވަހީދު ވެިކަމުގައި އެތަނުގެ މަސައްކަތުގެ ބިޑުބައި ނިންމާފައިވަނިކޮށް ޔާމީނު އައިސް ރިބަކް ކަނޑާލާފަ އެތަނަށް އަޅާނުލާ އޮތީ. މިކަން ރ އަތޮޅުގެ އެންމެންނދަނޭ.

Ungoofaaru meeha
Guest
Ungoofaaru meeha

Thee varah bodu thedeh…. miverikan aifahun gaunudany veeraanaavamun… hospital thahves valhujehihje… ekam ves migoeh ok meehun ebathibi.. ehchekey bunaane meehaku neh… mi comment jahaanebaa

Close