ޙަބަރުރ.އަތޮޅުސިޔާސީ

މަޖިލިސް ހާޒިރީން ވައްޑޭ އަށް 100 ޕަސެންޓް

ރައްޔިތުންގެ މަޖިލިސް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގެ ހާޒިރީގެ އެއްވަނާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު  ހިމެނިއްޖެ އެވެ.

19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި 47 ޖަލްސާއެއް ބާއްވާފައިވާއިރު ހުރިހައި ޖަލްސާ އަކަށްވެސް މުހައްމަދު ވަހީދު ވަނީ ވަޑައިގެންފައެވެ. އަދި ޖުމުލަ 17 ފަހަރު ބަހުސްގައި ބައިވެރިވެ ވަޑައިގަންފައިވެއެވެ.

ކެމްޕެއިންގައި ވީ ވައުދާ އެއްގޮތަށް ވައްޑޭދަނީ ބަރާބަރަށް ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރާތް ކުރަމުންނެވެ. އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ދާއިރާގެ 3 ރަށަށް 4 ފަހަރު ޒިޔާރަތް ކޮށްފައިވެއެވެ.

ރ އަތޮޅުގެ ފަސް މެމްބަރުންގެ ތެރެއިން ހުރިހައި ޖަލްސާއަކަށް ހާޒިރުވެ ވަޑައިގަތީ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު އާއި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު އާއި މަޑުއްވަރީދާއިރާގެ މެމްބަރު ޕީއެންސީގެ އާދަމް ޝަރީފު އުމަރެވެ. އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އަށް އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ބައެއްޖަލްސާތަކުގައި ހުންނެވީ ސަލާމުގައެވެ.

މަޖިލީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޖުމްލަ ގޮތެއްގައި ގިނަ މެމްބަރުން ވަނީ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާ އަކަށް ވަޑައިގެންފައެވެ. އޭގެތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހިމެނިވަޑައިގަންނަވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close