ކޮވިޑް-19

ޚަބަރުދިރިއުޅުންތައުލީމް

އުނގޫފާރު ސްކޫލުގެ ދަރިވަރުން އެމްއައިބީގެ ހިއްސާދާރުންނަށް ވުމުގެ މައުލޫމާތު ދީފި

އުނގޫފާރު ސްކޫލް

އުނގޫފާރު ސްކޫލުގެ ދަރިވަރުންގެ ކިބާގައި ފަހަށް ރައްކާކުރުމައި އިންވެސްޓު ކުރުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގުރާމުގެ ދަށުން ޙިއްސާ ޤަތުމާއި ޙިއްސާއާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހިއްސާއާ ބެެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ފުރަތަމަ ސެޝަން ކުރިއަށް ދިޔައީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުއެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ވަނީ ބެލެނިވެރިންނަށް ޙާއްސަކޮށްގެން ވެސް ޙިއްސާއާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ދަރިވަރުންނަށް ޙިއްސާއާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފައި މި ވަނީ މާދަމާ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފާރާތުން އުނގުފާރު ސްކޫލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙިއްސާ ގަތުމަށް ފޯމް ބަލައިގަތުމުގެ ހަރަކާތާ ދިމާކޮށް ޙިއްސާ ގަތުމުގެ މުހިންމު ކަމާ ބެެހޭގޮތުން ދަރިވަރުންނާއި ބެލެނިވެރިން އަހުލުވެރި ކުރުމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން ކުރިއަށް ގެންދާ މި ހަރަކާތް ކުރިއަށް ދާނީ މާދަމާ ހެނދުނު 10:00 ން 12:00 އަދި މެންދުރު ފަހު 13:00 އިން 15:00 އަދި ހަވީރު 16:00 އިން 17:30 އަށެވެ. މި ހަރަކާތުގައި ޙިއްސާއާ ބެެހޭގޮތުން މަޢުލޫމާތު ދިނުމާއި، ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށް ދާނެއެވެ.

އުނގޫފާރު ސްކޫލުން މަޢުލޫމާތު ދިން ގޮތުގައި އެ ސްކޫލުން ބާރު އަޅަނީ ވީހާވެސް ގިނަ ދަރިވަރުން ޙިއްސާ ގަނެ އެމްއައިބީގެ ޙިއްސާދާރުންނަށް ވުމަށެވެ. އުނގޫފާރު ސްކޫލްގެ ފަރާތުން މީގެ ކުރިން ވަނީ ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ދަރިވަރުންނަށް ބީއެމްއެކް އިސްލާމިކް ކިޑްސް ސޭވިން އެކައުންޓު ހުޅުވުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގުރާމްގެ ދަށުން އުނގޫފާރު ސްކޫލްގެ 90 އިންސައްތަ ދަރިވަރުން އެކައުންޓު ހުޅުވާފައިވެއެވެ.

އުނގޫފާރު ސްކޫލުން މަޢުލޫމާތު ދިން ގޮތުގައި މި ޕްރޮގުރާމްގެ މަޤުސަދަކީ ދަރިވަރުންގެ ކިބާގައި ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމާއި ފައިސާ ރަނގަޅު ގޮތުގައި މެނޭޖުކޮށް އިންވެސްޓު ކުރުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close