ޚަބަރުރ.އަތޮޅު

ޔޫއާރުއެޗުގެ ވަޒީފާތަކަށް 180 މީހުން ކުރިަމތިލައިފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ސަރުކާރުން ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ބައެއް މަޤާމުތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ކުރި އިއުލާނުގެ ސުންގަޑި ބުރާސްފަތި ދުވަހުގެ 13:30 އަށް ހަމަވި އިރު އެމަޤާމުތަކަށް 180 މީހުން ކުރިމަތި ލައިފިއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ޝިހާމް ވިދާޅުވީ ވަޒީފާތަކަށް އެދި 180 ފަރާތަކުން ކުރިމަތި ލާފައިވާކަމަށެވެ. އަދި މިފަރާތް ތަކުގެ ތެރޭގައި އުނގޫފާރުގެ އިތުރުން ރ. އަތޮޅުގެ އެހެން ބައެއްރަށްތަކުގެ މީހުންވެސްހިމެނޭކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިވަޒީފާތަކަށް އުނގޫފާރުގެ މުވައްސަސާތަކުން، ރ އަތޮޅު ކައުންސިލް، އުނގޫފާރު ކައުންސިލް، ބެންކް އޮފް މޯލްޑިވްސް އުނގޫފާރު ބުރާންޗް، އުނގޫފާރު ކޮމިއުނިޓީސެންޓަރ އަދި އުނގޫފާރު ސްކޫލުން ގިނަ އަދަދެއްގެ މުވައްޒަފުން ކުރިމަތި ލާފައިވެއެވެ. އަދި މީގެ އިތުރުން މިހާރުވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކިވަޒީފާތަކުގައި ތިބި ގިނަ މުވައްޒަފުންތަކެއްވެސް އަލަށް މި އިއުލާނުކުރި މަޤާމުތަކަށް ކުރިމަތިލާފައިވެއެވެ.

މުވައްޒަފުން ހޯދުމަށް 31 އޮގަސްޓް 2019 ގައި ކޮށްފައިވާ އިއުލާނު ތަކުގައި، މުވައްޒަފުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ ޑްރައިވަރ، ސީނިއަރ އެކައުންޓް އޮފިސަރ، ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ރިސެޕްޝަނިސްޓް، ޕްރޮކިއުމަންޓް އޮފިސަރ، އިލެކްޓްރީޝަން، ކަސްޓަމަރ ރިލޭޝަން، ހައުސްކީޕަރ އަދި އެޓެންޑެންޓްގެ މަޤާމަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މިބިޔަ މަޝްރޫއަށް ސަރުކާރުން 161 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ހޮސްޕިޓަލުތަކުގެތެރެއިން މިހާރުވެސް އެއްމެ ގިނަބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close