ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

ސައިފް ގޯލްޑަން ޖުބުލީ ވޮލީ މުބާރާތުގައި މިފަހަރު 4 ޓީމު

ސައިފް ގޯލްޑަން ޖުބުލީ

އުނގޫފާރު ޖަމްއިއްޔަތުއްސައިފްއަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން 27 ސެޕްޓެމްބަރު ގައި ފެށުމަށް ހަމަޖެހިފައިވާ ސައިފް ގޯލްޑަން ޖުބުލީ ވޮލީ ބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ  ވަގުތު ހަމަވި އިރު މުބާރާތުގައި ބައިވެރި ވެފައިވަނީ 4 ޓީމެވެ.

މުބާރާތުގައި ބައިވެރިވި 4 ޓީމަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހޭހަން ރެކްރިއޭޝަން ކުލަބާއި އުނގޫފާރު ސުކޫލްގެ މަންހަޖު އާއި ހެދޭކުރި އަދި ދުވާފަރު ޓީމެކެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްފަހަރު ބައްދަލުކޮށް އެންމެ ގިނަޕޮއިންޓް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލް ކުޅޭ ގޮތަށެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްދާނެ ގޮތް ތަރުތީބު ކުރެވިފައިވާގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި 27 ސެޕްޓެމްބަރ ގައި ބަައްދަލުކުރާނީ ހޭހަން ރެކްރިއޭޝަން ކުލަބާއި ދުވާފަރު ޓީމެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 4 އޮކްޓޯބަރު ގައެވެ.

މުބާރާތުގެ ހުރިހައި މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑުއެވެ. މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 ގައެވެ. މުބާރާތުގެ ހުރިހައި މެޗެއްވެސް ކުރިއަށްދާނީ އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ވޮލީކޯޓްގައެވެ.

ސައިފް ގޯލްޑަން ޖުބުލީ ވޮލީ ބޯޅަ މުބާރާތަކީ ރ އަތޮޅުގައި ބާއްވަމުންއަންނަ އެއްމެ ފޯރިގަދަ ވޮލީ މުބާރާތެވެ. ކޮންމެ އަހަރަކުވެސް މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިންނާއި އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ތައިލެންޑުން ކުޅުންތެރިން ޓީމުތަކަށްގެނެސް ކުޅެމުންދެއެވެ. މިއަހަރު މިބާއްވަނީ ސައިފް ގޯލްޑަން ޖުބުލީގެ 8 ވަނަ މުބާރާތެވެ.

މިމުބާރާތުގެ މެޗުތައް އުނގޫފާރު ޑޮޓް ކޮމް ގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.

https://www.facebook.com/ungoofaarufaa/  l

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close