ޚަބަރުސިއްޙަތު

ސުޖާގެ ހާލަތު އިތުރަށް ގޯސް ވަނީ، އެހީތެރިކަމެއް ދެއްވާ!

މިއީ މާލޭ ދަފުތަރު ނަންބަރު 1140 އަހުމަދު ސުޖާގެ ވާހަކައެވެ. ސުޖާއާ ބެހޭ ރިޕޯޓެއް އުނގޫފާރު.ކޮމް ގައި މީގެ ކުރިން ވެސް 2 ފަހަރު ގެނެސްދީފައި ވާނެވެ. ހަށިގަނޑުގައި އުފެދިފައިވާ އިންފެކްޝަން އެއްގެ ސަބަބުން ކުޑަ އިރުއްސުރެ އެތަކެއް ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ސުޖާ ވީ އެންމެ އަވަހަކަށް އިންޑިއާއަށް ދާން ޑޮކްޓަރުން ލަފާ ދީފައި ވީ ނަމަވެސް މި އަހަރު ފެށުނީއްސުރެ ކުރަމުންދާ މަސައްކަތުން އިންޑިއާއަށް ދެވޭނެ ވަރަށް ފައިސާ އެއްވެފައި ނުވަނީސް ސުޖާއަށް މިވަނީ އަނެއްކާވެސް އެހެން ފަރުވާއެއް ކުރަން ޖެހިފައެވެ.

ބަރުދަނުގައި 135 ކިލޯ ހުންނަ އަހުމަދު ސުޖާ އަކީ ޓައިޕް 2 ޑައިބެޓިސް ވެސް ޖެހިފައިވާ ބަލި މީހެކެވެ. ކެއުން ވީހާވެސް މަދުކޮށް ޑައިޓް ކުރަމުން ދިޔަ ނަމަވެސް ސުޖާގެ ބަރުދަން ދަނީ ހިފެހެއްޓުމެއް ނެތި އިތުރު ވަމުންނެވެ. ސުޖާގެ ބަރުދަން ކޮންޓުރޯލް ކުރުމަށް އޮތް ފަރުވާ އަކީ 3 މަސް ދުވަސް ވަންދެން ޖަހަން ޖެހޭ އިންޖެކްޝަން އެއް ޖެހުމެވެ. ކޮންމެ މަހެއްގެ 15 ގައި ޖަހަން ޖެހޭ މި އިންޖެކްޝަންގެ އަގަކީ 11000ރ އެވެ. ރާއްޖެއިން ބޭރުން ލިބޭ މި އިންޖެކުޝަނުގެ އަގުގެ 2 ބައިކޮށްފަ އެއްބައި އާސަންދަ އިން ކަވަރުކޮށްދިން ނަމަވެސް މި އިންޖެކްޝަން ގަތުމަށް ކުރަން ޖެހޭ ހަރަދު ކުރެވޭ ވަރަށް ސުޖާ އަތަކު ފައިސާއެއް ނެތެވެ.

ސުޖާގެ ފުރާނަ ސަލާމަތް ކުރުމަށް މި އިންޖެކްޝަން މިހާރުން މިހާރަށް ބޭނުންވެފައި ވީ ނަމަ ވެސް މީގެ ކުރިން އިންޑިއާއަށް ގޮސް އަތްމަތި ހުސްވެ، އަދި ބަލި ހާލުގެ ގޮތުން ވަޒީފާއެއް އަދާނުކުރެވޭ ސުޖާއަށް ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއަށް އެދި ސަލާން ޖެހުން ނޫން ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ވޭތުވެ 5 މަހެއްހާ ދުވަހުގެ ތެރޭގައި ސުޖާގެ ސިއްޙީ ހާލަތު މި ވަނީ ވަރަށް ބޮޑަށް ގޯސްވެ އެތަކެއް ވޭނެއް ތަހަންމަލު ކުރަން ޖެހިފައެވެ. ސުޖާގެ އަންހެނުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި ފަހަކަށް އައިސް ސުޖާއަށް ނޭގޭ އެތައް ގޮތްތަކެއް ވާން ފެށި ކަމަށެވެ. އޭގެ ތެރޭގައި އަތްފައި ދުޅަވެ އައްސި ވުމާއި މޭގައި ވަރަށް ގަދައަށް ރިއްސާ ނޭވާ ހާސްވާ ކަމަށެވެ. ފިރި މީހާގެ ސިއްޙީ ހާލަތު ގޯސްވަމުން ދިއުމުން ޑޮކްޓަރަށް ދެއްކި ނަމަ ވެސް އޭރު ޑޮކްޓަރަށް އަސްލު ވަނީ ކީއްކަން ބުނެދޭން ނޭނގުނު ކަމަށް ސުޖާގެ އަންހެނުން މަޢުލޫމާތު ދިނެވެ. ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ތަދު މަޑު ކުރުމަށް ޕެއިން ކިލާސް ފަދަ ބޭސްތައް ދިނުމަށް ފަހު ރަނގަޅުވާނެ ކަމަށް ބުނެއެވެ. އެހެން ނަމަވެސް ސުޖާގެ ހާލަތައް އިތުރު ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އޭނާގެ އަންހެނުން މަޢުލޫމާތު ދިނެވެ.

ސުޖާގެ ހާލަތައް ކުރި އުރުމެއް ނައުމުން އޭނާ ވަނީ ދާދި ފަހުން އައިޖީއެމްއެޗް އަށް ވެސް ދައްކާފައެވެ. އައިޖީއެމްއެޗް އެމްއާރްއައި، ސީޓީ ސްކޭން އަދި އިތުރު ޓެސްޓުތައް ހެދުމުން އެނގުނީ ސުޖާގެ ސިކުނޑީގައި ލޭގަނޑުވެ މައިބަދާގައި ފެން އުފެދިފައިވާ ކަމެވެ. އައިޖީއެމްއެޗް އިން ހެދި ޓެސްޓުތަކުން ސުޖާގެ އަތްފައި އައްސި ވަނީ ކީއްވެގެން ކަން ބުނެދޭން ނޭގުނު ކަމަށް ސުޖާގެ އަންހެނުން މަޢުލޫމާތު ދިނެވެ.

ސުޖާގެ ދެމަފިރިން އެންމެ ފަހުން މި ވަނީ އިންޑިއަށް ގޮސް އަމްރިތާ ހޮސްޕިޓަލަށް ވެސް ޑޮކްޓަރަށް ދައްކާފައެވެ. އަމްރިތާ ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރުން ބުނެފައި ވަނީ ސުޖާގެ ސިކުނޑީގެ ނާރެއް ބެދިފައިވާ ކަމަށެވެ. އިންޑިއާގައި ފަރުވާ ކުރުމަށް ފަހު އެނބުރި ރާއްޖެ އައިތާ ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް ސުޖާގެ ހާލަތު އިތުރަށް ގޯސްވާން ފަށާފައިވާ ކަމަށް މިވަގުތު އޭޑީކޭއަށް ޑޮކްޓަރަށް ދެއްކުމަށް މާލޭގައި ހުރި ސުޖާގެ އަންހެނުން ބުންޏެވެ.

އޭޑީކޭ ހޮސްޕީޓަލުން ހެދި ޓެސްޓުތަކުން އެނގިފައިވާ ގޮތުގައި ސުޖާގެ ލިވާ އަށް ވެސް ވަނީ މައްސަލަ ދިމާވެފައެވެ. ލިވާގެ ބައެއް ޓެސްޓުތަކާ ނާރުގެ އިތުރު ޓެސްޓުތައް ރާއްޖެއިން ހެދެން ނެތުން ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފައެވެ. އެހެން ނަމަވެސް މިކަމަށް ރާއްޖޭގެ ބޭރުގައި ހޭދަކުރަން ޖެހޭނީ ކިހާ ދުވަހެއް ކަމެއް ނޭނގުމާއި އިންތިހާއަށް ފައިސާގެ ދަތިކަން ކުރިމަތިވެފައި ވުމަކީ ފިރިމީހާގެ ފަރުވާއަށް އޮތް އެންމެ ބޮޑު ހުރަހެވެ.

ސުޖާގެ އަންހެނުން ބުނި ގޮތުގައި އެ ދެމަފިރިންގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން އައީ ހަމައެކަނި ފިރިމީހާއަށް ލިބޭ އެއްޗަކުންނެވެ. އެހެން ނަމަވެސް ބަލިހާލަތު ހުރި ގޮތުން މިހާރު ފިރިމީހާ ވަޒީފާ އަދާކުރުމަށް ދަތިވެފައި ވާކަމަށާއި މިހާރު ވެސް މި އުޅެވެނީ އާއިލާގެ މީހުންގެ ފަރާތުން ލިބޭ އެހީތެރިކަމުން ކަމުގައި ސުޖާގެ އަންހެނުން މަޢުލޫމާތު ދިނެވެ.

ސުޖާގެ އަންހެނުން ބުނި ގޮތުގައި ފައިސާއެއް ހޯދަން މަސައްކަތެއް ކުރެވޭނެ ގޮތެއް ނެތި މިހެން އޮންނަން ޖެހުމުން ފިރިމީހާ ގޮވައިގެން އިންޑިއާއަށް ދެވޭނެ ގޮތެއް ވަނީ ނެތިފައެވެ. އެހެން ކަމުން ސުޖާގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ފައިސާގެ އެހީތެރިކަމެއް ލިބިގެން ކަމުގައި ވާތީ ސުޖާގެ އަންހެނުން އެދެނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމެކެވެ.

ސުޖާއަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓު ނަމްބަރަށް ފައިސާ ޖަމާކުރުމަށް އާއިލާއިން އެދެއެވެ.

އެކައުންޓު ނަމްބަރު: 7704441020101

އެކައުންޓުގެ ނަން: ޝަރުމީލާ އާދަމް

އަދި އިތުރު މަޢުލޫމާތު ހޯދުމަށް 7999203 އަދި 9818778 އަށް ގުޅައިގެން ކުރިއަށް ދިއުމަށް އާއިލާއިން އެދެއެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Mamy Recent comment authors
Mamy
Guest
Mamy

Sujaaa hijama jahan bunedeebala

Close