ޚަބަރުރ.އަތޮޅުދީން

ޤުރުއާން ކިޔެވުމުގެ ރ. އަތޮޅު މުބާރާތުގެ އޮޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހަމަވާނެ

އުނގޫފާރު ކައުންސިލް

އަންނަ ނޮވެމްބަރު 15 ން 201 އަށް އުނގޫފާރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން ކިޔެވުމުގެ ރ . އަތޮޅު މުބާރާތުގެ އުނގޫފާރު އޮޑިޝަންގައި ބައިވެރި ވުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހަމަވާނެއެވެ.

އުނގޫފާރު ކައުްނސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުން އެކައުންސިލުން މިކަމަށްއެދި 16 ޖޫން 2019 ގައި ކޮށްފައިވާ އިއުލާނުވަނީ ބާތިލުކޮށްފައެވެ. އެއީ މުބާރާތުގެ ޤަވާއިދަށް ރ އަތޮޅު ކައުންސިލުން ގެނައި ބަދަލަކާއި ގުޅިގެންކަމަށެވެ.

މުބާރާތުގެ ޤަވާއިދަށް ގެނެސްފައިފައިވާ ބަދަލާއެކު މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ

ރ. އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކުގެ ބައިން ފޮތުން ކިޔެވުމުގެ ބައިން 5 ބައިވެރިން،

ހިތުން ކިޔެވުމުގެ ބައިން 5 ބައިވެރިން،

ޢާއްމު ބައިން ފޮތުން ކިޔެވުމުން 3 ބައިވެރިން،

ހިތުން ކިޔެވުމުގެ ބައިން 3 ބައިވެރިން ،

ޙާފިޘުންގެ ބައިން 1 ބައިވެރިންއެކެވެ.

އުނގޫފާރު ކައުންސިލުން ބުނެފައިވަނީ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14.00 ގެ ކުރިން އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އެކައުންސިލަށް ހުށަހެޅުމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށެވެ.

އުނގޫފާރު ކައުންސިލުން ނިންމާފައިވަނީ މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަނެއް ބޭއްވުމަށްފަހު އެންމެ ރަގަޅު ބައިވެރިން ނަގާ އަތޮޅު މުބާރާތަށް ފޮނުވާގޮތަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close