ކޮވިޑް-19

ޚަބަރުރަށު ކުޅިވަރުކުޅިވަރު

160 އަށްވުރެ ގިނަކުދިން ވައިޑީޕީ ގައި ބައިވެރިވެއްޖެ

އުނގޫފާރު ކޮމިއުނިޓީ ސެންޓަރ

އުނގޫފާރު ކޮމިއުނީޓީ ސެންޓަރުން ކުރިއަށްގެންދާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 160 އަށް ވުރެ ގިނަ ކުދިން ފޯމް ހުށައަޅައިފިއެވެ.

މިޕްރޮގްރާމާއި ބެހެގޮތުން މައުލޫމާތު ދެއްވަމުން ޔޫތު އެސޯސިއޭޓް އަހުމަދު ޝާހިދު ވިދާޅުވީ ފޯމު ހުށައެޅުމަށް ހުޅުވާލި ވަގުތު ހަމަވިއިރު މިކަމަށްއެދި ދެޖިންސުގެ  165 ކުދިން ފޯމު ލާފައިވާ ކަމަށެވެ. އެއީ ހަތް އަހަރުން ދަށުގައި 42 ކުދިން، ނުވަ އަހަރުން ދަށުގައި 43 ކުދިން، އެގާރަ އަހަރުން ދަށުގައި 38 ކުދިން އަދި ސާދަ އަހަރުން ދަށުގައި 42 ކުދިން ބައިވެރި ވެފައިވާ ކަމަށާއި އަދިވެސް ބައެއް ފަރާތްތަކުން ފޯމުހުށައަޅަން އަންނަކަމަށެވެ.

ވައިޑީޕީ ގެ ހަރަކާތް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ގޮތުގެ ތާވަލު މިހާރު އެސެންޓަރުންވަނީ އާއްމުކޮށްފައެވެ. އެ ތާވަލުގައިވާ ގޮތުން ކޮންމެ ގުރޫޕަކަށްވެސް ހަފްތާއަކު 3 ދުވަހު ޕްރެކްޓިސް ކުރިއަށްގެން ދިއުމަށްވަނީ ރާވާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close