ޚަބަރުރ.އަތޮޅުމުނިފޫހި ފިލުވުންދިރިއުޅުން

ހަފްތާރެސް ހުކުރު ދުވަހު އުނގޫފާރުގައި

އުނގޫފާރު ކޮމިއުނިޓީ ސެންޓަރ

މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ބާއްވަމުންއަންނަ “ހަފްތާރެސް” މިފަހަރު އުނގޫފާރުގައި ބާއްވަން ނިންމައިފިއެވެ. ހަފްތާރެސް ކުރިއަށްދާނީ 20 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހު ހަވީރު އަދި ރޭގަނޑުއެވެ.

މިހަރަކާތުގައި ހުކުރު ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރަކާއި ރޭގަނޑު ޝޯވ އަކާއެކު ކެއުމާއި ވިޔަފާރި ހަރަކާތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ހަފްތާރެސް އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ކަނޑައަޅުއްވާފައިވާ ވައުދު ތަކުގެ ތެރޭގައި ހިމެނޭފުރަތަމަ 30 ދުވަހުގެ ތެރޭގައި ހިމެނޭ 49 ވައުދުގެ ތެރެއިން “ހަފްތާ ނިންމުމުގެ ގޮތުން ވީކްއެންޑް މަރކެޓް އާއި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމް (ހަފްތާރެސް)” ގެ މަސައްކަތް ކޮންމެ ހަފްތާ ބަންދަކަށް އަމާޒުކޮށްގެން އެމިނިސްޓްރީން މާލެއާއި އަތޮޅު ތެރޭގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި އިވެންޓްގެ މައިގަނޑު މަޤުސަދަކީ އާންމު ފަރުދުންނާއި، ޒުވާނުންނަށާއި، އަންހެނުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވިޔަފާރިގެ މާހައުލަށް ތައާރަފްކޮށް، އެކަމަށް ހިތްވަރު ދިނުމާއެކު ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތައް ކުރިއަރުވައި، އެފަރާތްތައް ބާރުވެރިކުރުވާ ރަށްޔިތުންނަށް ބާޒާރުން ލިބެންހުންނަ އަގަށްވުރެ ހެޔޮއަގުގައި އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ހަމައެއާއެކު ޕްރޮގްރާމް ތަކުގެ ތެރެއިން މުޖުތަމައުގެ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި، އެކުވެރި، އުފާވެރި މާހައުލެއްގައި ހުރިހާ އުމުރެއްގެ ބޭފުޅުންނަށް މުނިފޫހިފިލުވުމެގެ ހަރަކާތްތަކެއް ކުރިއަށް ގެންދެވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close