ޚަބަރުރ.އަތޮޅުދިރިއުޅުން

ރ އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ 1500 ހައުސިން ޔުނިޓްގެ ބިޔަމަޝްރޫއުގެ މަޝްވަރާތައް މިއަދު ފަށަނީ

ރ. އަތޮޅު ކައުންސިލް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން ރ އަތޮޅުގައި އިމަރާތް ކުރުމަށް ހަމަޖެހިފައިވާ 1500 ހައުސިން ޔުނިޓްގެ މަޝްރޫއު ކުރިއަށްގެންދިއުމާއި ބެހޭގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުން މިއަދު އުނގޫފާރުގައި ފެށޭނެއެވެ. މިބައްދަލުވުމުގައި ރ އަތޮޅުގެ ހުރިހައި ރަށެއްގެ ކައުންސިލްތަކުގެ ވެރިންނާއި ރ އަތޮޅު ކައުންސިލްގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ރ އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދު ވިދާޅުވީ މިއަދު 11:00 ގައި އުނގޫފާރުގައި ފެށޭ މިމަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ހައުސިން ޔުނިޓްތައް ރ އަތޮޅުގެ ރަށްތަކަށް ބަހާލާނެ ގޮތަކާއި އަދި ރަށްރަށުގައި މިކަމަށް ފުރުސަތު ހުޅުވާލާނެ ގޮތްތަކާއި ބެހޭގޮތުންކަމަށެވެ. އަދި މި މަޝްރޫގެ ތެރެއިން ހައުސިން ޔުނިޓް އަޅަންބޭނުންވާ ރަށްށުގައި ހައުސިން ޔުނިޓް،  ފުލެޓް އަޅަން ބޭނުންވާ ރަށްރަށުގައި ފުލެޓް އެޅުމުގުފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި އެރަށަކުން ބޭނުންވެއްޖެނަމަ މިދެގޮތްވެސް އެއްރަށަކަށް ހަމަޖެހިގެން ދާނެކަމަށެވެ.

މިމަޝްރޫއުގެ ދަށުން ރަށްތަކުގައި ހައުސިން ޔުނިޓާއި ފުލެޓް އަޅާނެ ގޮތާއި އަދަދުތައް 29 ސެޕްޓެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓަށް އަންގަންޖެހެއެވެ.

މިމަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 900 އަކަފޫޓުގެ ހައުސިން ޔުނިޓް ތަކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close