ޚަބަރުތައުލީމް

އިނާމުދިނުމުގެ ޖަލްސާ ކޮމިއުނިޓީ ސެންޓަރަށް ބަަދަލުކޮށްފި

އުނގޫފާރު ސްކޫލް

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އުނގޫފާރު ސްކޫލުގެ 2018 ވަނަ އަހަރުގެ އަހަރީ އިިނާމު ދިނުމުގެ ޖަލްސާ އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގައި ބާއްވަން ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ކުރިން އުނގޫފާރު ސްކޫލްގެ ގޯތިތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ކޮމިއުނިޓީ ސެންޓަރަށް ބަދަލު މިކުރީ މޫސުން ގޯސްވެ މިޖަލްސާ އުނގޫފާރު ސްކޫލުގެ ގޯތިތެރޭގައި ނުބޭއްވިދާނެތީއެވެ.

މިރޭގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ސީއީއޯ ހަސަން ޝާހުއެވެ.

މިޖަލްސާގައި 2018 ވަނަ އަހަރު ތައުލީމީ ގޮތުންނާއި އިތުރު ހަރަކާތްތަކުން މިންކުރުމަށްފަހު 11 ކެޓެގަރީއަކުން 40 ދަރިވަރުންނަށް އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close