ކޮވިޑް-19

ޚަބަރުދިރިއުޅުންތިމާވެށި

“ކޯސްޓަލް ކްލީންއަޕް ޑޭ” ގެ ހަރަކާތް އުނގޫފާރުގައި ކުރިއަށް ގެންގޮސްފި

ކޯސްޓަލް ކްލީންއަޕް ޑޭ

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ “ކޯސްޓަލް ކްލީންއަޕް ޑޭ” ގެ ހަރަކާތް މިއަދު އުނގޫފާރުގައި ވެސް ކުރިއަށް ގެންގޮސްފިއެވެ. މިހަރަކާތް އުނގޫފާރުގައި ކުރިއަށްގެންގޮސްފައި ވަނީ ބެންކް އޮފް މޯލްޑިވްސް އުނގޫފާރު ބްރާންޗު އަދި އުނގޫފާރު ކައުންސިލް އިސްނަގައިގެން އުނގޫފާރުގެ މުވައްސަސާތަކައި ކްލަބް ޖަމާއަތްތަކާއި ގުޅިގެންނެވެ.

ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ މިދުވަހަކީ ކޮންމެ ސެޕްޓެމްބަރު މަހެއްގެ 3 ވަނަ ހަފްތާގެ ހޮނިހިރު ދުވަހު ފާހަގަކުރާ ދުވަހެކެވެ.

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ހިންގޭ ހަރަކާތް ތަކުގައި ނެގޭ ކުނިބުނީގެ ބައިތައް ވަކިކޮށް ޖަމާކުރެވުނު ކުނިބުނީގެ މިންވަރު ދެނެގަތުމަށްފަހު އެކަން އެންވަޔަރު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުމަށް އެ އެޖެންސީން އިލްތިމާސް ކޮށްފައިވެއެވެ.

އުނގޫފާރު ގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އުނގޫފާރުގެ ވަށައިގެން ގޮނޑު ދޮށުން ކަނޑައެޅި 3 ސަރަހައްދެއްގައެވެ. މިހަރަކާތުގައި ޖޯލި މޯލްޑިވްސްގެ ފަރާތުންވެސް ބައިވެރި ވެފައިވެއެވެ.

Posted by Ungoofaaru.com on Saturday, 21 September 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close