ކޮވިޑް-19

ޚަބަރު

އެމްޓީސީސީގެ މުވައްޒަފުން ތިބުމަށް އުނގޫފާރުން ތަނެއް ހޯދަނީ

އެމް ޓީ ސީ ސީ

އުނގޫފާރުގެ މަގުހެދުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީ އިން އެކުންފުނީގެ މުވައްޒަފުން ތިބުމަށް އުނގޫފާރުން އެކަމަޑޭޝަން ހޯދަން އިއުލާނުކޮށްފިއެވެ.

މިކަމަށް އެދި އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ “ކޮންސްޓްރަކްޝަން އޮފް މޭޖަރ ރޯޑްސް އެޓް ރ. އުނގޫފާރު” މިޕްރޮޖެކްޓްގެ މަސައްކަތްކުރުމަށް ވަޑައިގަތްނަވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެޓިންގ ކޮންޕެނީ ޕލކ ބޭފުޅުން ތިއްބެވުމަށް 3 ކޮޓަރީގެ ގެއެއް (3 ކޮޓަރި ފާހާނާއާއެކު، ސިޓިންގ ރޫމާއި ބަދިގެ އަދި ކާތަން ހިމެނޭގޮތަށް) ދެންނެވިފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ނިމެންދެން ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މާދަމާ 23 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އެކައުންސިލަށް ވަޑައގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަގު ހުށައެޅުއްވުމަށެވެ.

ސަރުކާރު ބަދަލުވިއިރު ހުއްޓިފައިވާ އުނގޫފާރުގެ މަގުހެދުމުގެ މަސައްކަތް މިސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ 8 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިއަދުގެ ވަގުތެއްގައި އެމްޓީސީސީގެ ބައެއް މުވައްޒަފުންނާއި މެޝިނަރީޒް އުނގޫފާރަށް ގެންނާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close