ޚަބަރުރ.އަތޮޅު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބިޑަށް ހުޅުވާލައިފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފުކޮއްދޭނެ ފަރާތެއް ހޯދުމަށްއެ ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ.

މިކަމަށް އެދި އެހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިޝައުޤުވެރިވާ ފަރާތްތައް 12 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 22 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް (މިއަދުގެ ނިޔަލަށް) ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީ ދުވަސްތަކުގައި އެހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށެވެ. ރެގިސްޓްރީ ކުރައްވާ ފަރާތްތަކަށް މިއިއުލާނާއިގުޅޭ މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެކަމަށާއި މިފަރާތްތަކަށް 23 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނު 13:00 ގައި ޕްރީބިޑް ސެޝަންއެއް އެ ހޮސްޕިޓަލް ގައި އޮންނާނެ ކަމަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފުކޮއްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގެ ކުރިން urh@health.gov.mv އަށް މެއިލް ކުރުމަށާއި އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Hasanaa Recent comment authors
Hasanaa
Guest
Hasanaa

Bid kureetha noony bid kuran hulhuvaaleetha

Close