ޚަބަރުތައުލީމް

2018 ވަނަ އަހަރު އުނގޫފާރު ސުކޫލްގެ ސާނަވީން ރަންތަރި އަކަށް ނައިޝާ

އުނގޫފާރު ސުކޫލް

ނިމި ދިޔަ 2018 ވަނަ އަހަރު އުނގޫފާރު ސުކޫލްގެ ސާނަވީން އެއްމެ މޮޅު ދަރިވަރަކަށް ނުވަތަ ރަންތަރި އަކަށް ރ އުނގޫފާރު ނަޖަފް ފާތިމަތު ނައިޝާ ޖާދުﷲ އަބްދުލް ބާރީ ހޮވިއްޖެއެވެ.

ނައިޝާ އަށް މިޝަރަފް އެރުވީ ރޭ އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގައި ބޭއްވި އުނގޫފާރު ސުކޫލްގެ 2018 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އެރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ސީއީއޯ ހަސަން ޝާހުއެވެ.

މިހާރު ވިލާ އިންޓަނޭޝަނަލް ހައިސުކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުންދާ ނައިޝާ މިހޯދި ފުރިހަމަ ކާމިޔާބީ އަށް އުނގޫފާރު ޑޮޓް ކޮމްގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި މިފުރުސަތުގައި ނައިޝާގެ މިކާމިޔާބީގެ ދެ މޭސްތިރިން ކަމަށްވާ ނައިޝާގެ ބައްޕާ ޖާދުﷲ އަބްދުލް ބާރީއަށާއި މަންމަ ނަޒުރާނާ ހުސައިން އަށްވެސް ހޫނު މަރުހަބާއެއް ކިޔަމެވެ.

ވީޑިއޯ ރިޕޯޓް

Best all around in secondary / ungoofaaru school – Fathimath Naisha Jadhulla Abdul Bari

Best all around in secondary / ungoofaaru school – Fathimath Naisha Jadhulla Abdul Bari

Posted by Ungoofaaru.com on Sunday, 22 September 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close