ޚަބަރު

މަގުހެދުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ބައެއް ތަކެތި އުނގޫފާރަށް ބާލައިފި

އުނގޫފާރު މަގުހެދުން

ހުއްޓިފައިވާ އުނގޫފާރުގެ މަގުހެދުމުގެ މަޝްރޫއު އަލުން ފެއްޓުމަށްޓަކައި އެމްޓީސީސީގެ ފަރާތުން ގެނައި ތަކެތި މިއަދު އުނގޫފާރަށް ބާލައިފިއެވެ. އެކުންފުނީގެ ޓީމު މިއަދު އުނގޫފާރަށް އައިސް މިތަކެތި ބާލާފައިވަނީ މިއަދުގެ މެންދުރު ފަހުއެވެ. މިތަކެތި ހިފައިގެން އައި ކޮޅުވެއްޓި އުނގޫފާރަށް އައިސްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާގޮތުން މައިގަނޑު ގޮތެއްގައި މިއަދު ގެނެސްފައިވަނީ ސައިޓް ތައްޔާރުކުރުމަށް ބޭނުންވާ ސާމާނެއެވެ.

މަގުތަކުގައި ތާރު އެޅުމުގެ އެއްބަސްވުމުގައި 22 މެއި 2019 ގައި އެމްޓީސީސީގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޙަސަން ޝާހެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއެ ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާރ އައިމިނަތު ޝާމާ ފާރޫގެވެ.

އުނގޫފާރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 19.3 މިލިއަން ރުފިޔާއަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close