ޚަބަރުރ.އަތޮޅުސިއްޙަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ވޯޑުތައް އެއަރ ކޮންޑިޝަން ކުރުމަށް ބަޔަކާއި ހަވާލުކޮށް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ރާއްޖޭގެ އަތޮޅު ތެރޭ ތިން ހޮސްޕިޓަލެއްގެ ވޯޑުތައް އެއަރ ކޮންޑިޝަން ކުރުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެއަރ ކޮންޑިއަން ކުރުމަށް ހަމަޖެހިފައިވާ ތިން ހޮސްޕިޓަލަކީ, ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި،  އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ. މި ތިން ހޮސްޕިޓަލްގެ ހުރިހާ ވޯޑްތައް އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އޭސީ ކުރުމަށް ހަވާލުކޯށްފައި ވަނީ، ރެފްކޫލްއާއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏަށް ދީފައިވާ މުއްދަތޚީ 120 ދުވަހެވެ.

ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ހުރިހާ ވޯޑްތައް އެއާ ކޮންޑިޝަން ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރޯ އޭސީ އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ. އެގޮތުން އެ ޕްރޮޖެކްޓްގެ 120 ދުވަސް ތެރޭގައި ނިންމުމަށް ވަނީ މުއްދަތު ދީފަ އެވެ. އަދި އެ ހޮސްޕިޓަލުގެ އާ ވިންގު ޑިޒައިންކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވާއިރު އެ މަސައްކަތް ނިންމުމަށް 40 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްތަކުގެ ވޯޑްތައް އޭސީ ކުރުމަށް އައިރިން އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު،މި މަސައްކަތް ކުރުމަށް އެ ކުންފުންޏަށް ދީފައި ވަނީ 90 ދުވަހެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close