ކޮވިޑް-19

ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް – ފުރަތަމަ މެޗު ފަސޭހަކަމާއެކު ހޭހަން ކާމިޔާބު ކޮށްފި

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް 2019

ސައިފް ގޯލްޑަން ޖުބުލީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ފަސޭހަ ކަމާއެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހޭހަން ރެކްރިއޭޝަން ކުލަބް ކާމިޔާބު ކޮށްފިއެވެ. ހޭހަން މިމެޗު ކާމިޔާބުކުރީ ދުވާފަރު ޓީމްގެ މައްޗަށް ސީދާ 3 ސެޓުން ކުރި ހޯދައިގެންނެވެ.

މިމެޗުގެ ސެޓްތައް ހޭހަން ރެކްރިއޭޝަން އިން ކާމިޔާބު ކުރީ  25-18، 25-7 އަދި 25-15 އިންނެވެ. މިމެޗުގެ މޮޅުކުޅުން ތެރިޔާގެ މަޤާމުހޯދީ ހޭހަން ރެކްރިއޭޝަން ކުލަބަށް ކުޅޭ ސްރީލަންކާގެ ކުޅުންތެރިއާ ވަސަނަ މަދުމަލި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހުމާނު އުނގޫފާރު ކައުންސިލްގެ މެމްބަރު ހުސައިން އާސިފްއެވެ.

މިމުބާރާތުގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ އުނގޫފާރު ސްކޫލުގެ މަންހަޖު އަދި އުނގޫފާރު ހެދޭކުރި ޓީމެވެ.

ސައިފް ގޯލްޑަން ޖުބުލީ ވޮލީ ބޯޅަ މުބާރާތަކީ ރ އަތޮޅުގައި ބާއްވަމުންއަންނަ އެއްމެ ފޯރިގަދަ ވޮލީ މުބާރާތެވެ. ކޮންމެ އަހަރަކުވެސް މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިންނާއި އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ތައިލެންޑުން ކުޅުންތެރިން ޓީމުތަކަށްގެނެސް ކުޅެމުންދެއެވެ. މިއަހަރު މިބާއްވަނީ ސައިފް ގޯލްޑަން ޖުބުލީގެ 8 ވަނަ މުބާރާތެވެ.

މިމުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓް ކޮމް އެވެ.

ހޭހަން ރެކްރިއޭޝަން އަދި ދުވާފަރު ޓީމު ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

SAIF Golden Jubilee Volleyball Tournament 2019. Opening / Dhuvaafaru Team Vs Heyhan Recreation Club.

Posted by Ungoofaaru.com on Friday, 27 September 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close