ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕް ގައި ރ އަތޮޅުން ބައިވެރިވީ އުނގޫފާރު އެފްސީ

މިނިވަން ޗެމްޕިއަންޝިޕް 2019

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ވަގުތު ހަމަވިއިރު ރ އަތޮޅުން މިމުބާރާތުގައި ބައިވެރިވުމަށް ހުށައަޅާފައިވަނީ ހަމައެކަނި އުނގޫފާރުނެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަފްލާހު ވިދާޅުވީ އެފް އޭ އެމް އިން މައުލޫމާތު ލިބިފައިވާ ގޮތުން މިފަހަރު ބައިވެރިފެވައިވަނީ އުނގޫފާރު ޓީމު އެކަނިކަމަށާއި އަދި އެފް އޭ އެމުން ރަސްމީކޮށް އެކަން ކައުންސިލަށް ނާންގާ ކަމަށެވެ. އެފް އޭ އެމުން ބުނެފައިވަނީ ގުރުއަތު ލުމާއި ކަންކަން ހަމަޖެހުނުހައި އަވަހަށް އެކަން ރަސްމީކޮށް އަންގާނެ ކަމަށެވެ.

އުނގޫފާރު އެފްސީއަކި މިނިވަން ޗެމްޕިއަން ޝިޕްގެ ހުރިހައި މުބާރާތެއްގައި މިހާތަނަށް ބައިވެރިވި ހަމަ އެކަނީ ރ އަތޮޅު ޓީމެވެ.

މިނިވަން ޗެމްޕިަން ޝިޕްގެ ތާރީހަށް ބަލާއިރު 4 މުބާރާތުގެ ތެރެއިން 3 މުބާރާތުގެ ފައިނަލް ކުޅެ 1 ތަށި ވަނީ ހޯދާފައެވެ. އެއީ ފުރަތަމަ މުބާރާތުގައި 2015 ވަނަ އަހަރު ގުރޫޕްގެ ދެ ވަނަ އާއި  2016 ވަނަ އަދި 2018 ވަނަ އަހަރު ރަނަރަޕް ކަމާއި 2017 ވަނަ އަހަރު ޗެމްޕިއަންކަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close