ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް – ހެދޭކުރި ބަލިކޮށް މަންހަޖު ފެށުން ރަގަނޅު ކޮށްފި

ސައިފް ގޯލްޑަން ޖުބުލީ ވޮލީބޯޅަ މުބާރާތުގެ ރޭގެ މެޗުގައި ހެދޭކުރި ޓީމުގެ މައްޗަށް ކުރި ހޯދައި މަންހަޖު ފެށުން ރަގަނޅު ކޮށްފިއެވެ. މަންހަޖު މިމެޗު ކާމިޔާބުކުރީ ޒުވާން ގިނަކުޅުންތެރިންތަކެއް ކުޅުނު ހެދޭކުރި ޓީމްގެ މައްޗަށް 3 ސެޓު 1 ސެޓުން ކުރި ހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއްފެނިގެން ދިޔަ މިމެޗުގެ މަންހަޖު އިން ކާމިޔާބު ކުރީ  25-18، 23-25، 25-21 އަދި 25-20 އިން ސެޓުތައް ކާމިޔާބު ކޮށްގެނެވެ. މިމެޗުގެ މޮޅުކުޅުން ތެރިޔާގެ މަޤާމުހޯދީ އުނގޫފާރު ސުކޫލްގެ މަންހަޖު ޓީމުގެ އައިޝަތު މާޖިދާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މިމެޗުގެ ޝަރަފްވެރި މެހުމާނު މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ޔޫތު އެސޯސިއޭޓް އަހުމަދު ޝާހިދުއެވެ.

ސައިފް ގޯލްޑަން ޖުބުލީ ވޮލީ ބޯޅަ މުބާރާތަކީ ރ އަތޮޅުގައި ބާއްވަމުންއަންނަ އެއްމެ ފޯރިގަދަ ވޮލީ މުބާރާތެވެ. ކޮންމެ އަހަރަކުވެސް މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިންނާއި އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ތައިލެންޑުން ކުޅުންތެރިން ޓީމުތަކަށްގެނެސް ކުޅެމުންދެއެވެ. މިއަހަރު މިބާއްވަނީ ސައިފް ގޯލްޑަން ޖުބުލީގެ 8 ވަނަ މުބާރާތެވެ.

މިމުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓް ކޮމް އެވެ.

މަންހަޖު އަދި ހެދޭކުރި ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

SAIF Golden Jubilee Volleyball Tournament / Manhaj Vs Hedheykuri

Posted by Ungoofaaru.com on Saturday, 28 September 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close