ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅު

އަނގޮޅިތީމު ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ މާދަމާ އަޅަނީ

ރ. އަނގޮޅިތީމު

ރ އަނގޮޅިތީމުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ވިޒިޓާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މާދަމާ އެރަށުގައި ބޭއްވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ. މިރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 14:45 ގައެވެ.

އަނގޮޅިތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިރަސްމިއްޔާތަށް ދައުވަތު އަރުވާފައިވާ ފަރާތްތައް މިހާރުވެސް އަނގޮޅިތީމަށް އަންނަމުންދާއިރު ރަސްމިއްޔާތުގެ ޝަރަފްވެރިން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުއެވެ.

މިރަސްމިއްޔާތައް ވަޑައިގަންނަވާ ހާއްސަ ފަރާތްތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރ އަލީވަހީދު އާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ހިމެނި ވަޑައިގަންނަވައެވެ. މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިންނާއި ބައެއް ރިސޯޓް އޯނަރުންވެސް ހިމެނެއެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވާނީ މޭޑޭގެ މުޒާހަރާގެ ކުށުގައި ޖަލުގައި ހުކުމް ތަމްފީޒުކުރަމުން ދަނިކޮށް ނިޔާވީ އަބްދުﷲ ރަޝީދުގެ ހުވަފަތް އަނބިކަބަލުންނާއި ދަރިފުޅެވެ. އަދި ހާއްސަ މެހުމާނެއްގެ ގޮތުގައި ނައީމައްތަ ބައިވެރި ވާނެއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ޤާސިމް ހުސައިން (ގާބެ) ވިދާޅުވީ އަނގޮޅިތީމުގައި ބާއްވާ ޤައުމީފެންވަރުގެ މިރަސްމިއްޔާތަށް މުޅިރަށް ވަރަށް ފުރިހަމައަށް ތައްޔާރު ވަމުން ދާކަމަށެވެ. މިމައްސައްކަތުގައި ރަށުގެ ކުދިބޮޑު އެއްމެނާއި ރަށުގެ ހުރިހައި މުވައްސަސާތަކުން ފުރިހަމއަށް ބައިވެރިވަމުން ދާކަމަށެވެ. އަދި މެހެމާނުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސަޤާފީ އައިޓަމެއް ހުށައަޅައިދިނުމާއި ހަވީރުގެ ސައިފޮދު ކުރިއަށްދާއިރު އެސަރަހައްދުގައި ރަށުގެ ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ ހަރަކާތްތަކެއްވެސް ކުރިއަށް ދާނެކަމަށެވެ.

ޤާސިމް އިތުރަށްވިދާޅުވީ މާދަމާގެ ރަސްމިއްޔާތު 14:45 ގައި ފެށޭއިރު ފުރަތަމަ އޮންނާނީ ސަޤާފީ އައިޓަމަކުން މަރުހަބާ ދެންނެވުމާއި ރެފްރެސްމަންޓެކެވެ. އެއަށްފަހު އަސުރުނަމާދު ބުރޭކް ނިމިގެން ބިންގާ އެޅުމުގެ ރަސްމިއްޔާތު ފެށިގެންދާނެކަމަށެވެ. މިރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމުނާ ވެސް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close