ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް – މަންހަޖު ބަލިކޮށް ހޭހަން ފައިނަލަށް

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް 2019

ސައިފް ގޯލްޑަން ޖުބުލީ ވޮލީބޯޅަ މުބާރާތުގައި މިރޭ ކުޅުނުމެޗު ކާމިޔާބުކޮށް ހޭހަން ރެކްރިއޭޝަން ކުލަބް ފައިނަލްގެ އެއްޖާގަ ކަށަވަރު ކޮށްފިއެވެ. ހޭހަން ފައިނަލްގެ ޖާގައެއް މިހޯދީ އުނގޫފާރު ސްކޫލްގެ މަންހަޖު ޓީމުގެ މައްޗަށް ސީދާ 3 ސެޓުން ކުރި ހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހޭހަން އިން ކާމިޔާބު ކުރީ  25-15 އިންނެވެ. ފުރަތަމަ ސެޓާއި ހިލާފަށް ދެވަނަ ސެޓް ފެށިގެން މަންހަޖު ޓީމުން ތަފާތު ކުޅުމެއް ދައްކައި 11-0 ގެ ބޮޑު ލީޑެއް ހޯދިއެވެ. ނަމަވެސް މިލީޑު ނުހިފެހެއްޓި ހޭހަންއިން 21 ޕޮއިންޓުން އަރާ ހަމަކުރިއެވެ. ފޯރިގަދަވި މިސެޓް ހޭހަންއިން ކާމިޔާބުކުރީ 25-23، ނެވެ. ތިނަވަނަ ސެޓުގައި ފެނިގެން ދިޔައީ ހޭހަންއިން ވެސް 9-0 ގެ ތަފާތު ބޮޑު ލީޑެއް ނެގިތަނެވެ.  އަދި މިލީޑު 19-8 އަށް ފުޅާކުރިއެވެ. މިސެޓް ހޭހަން އިން ކާމިޔާބު ކުރީ 25-17 އިންނެވެ.

މިނަތީޖާއާއެކު ކުޅުނު ދެމެޗުން މޮޅުވެ ހޭހަން ރެކްރިއޭޝަން ކުލަބުން މިވަނީ މުބާރާތުގެ ފައިނަލްގެ އެއްޖާގަ ކަށަވަރު ކޮށްފައެވެ. އުނގޫފާރު ސުކޫލްގެ މަންހަޖު ޓީމަށް ފައިނަލްގެ ފުރުސަތު ހަނިވެފައިވާއިރު އެޓީމަށް ދެން އޮތީ ހެދޭކުރި މުބާރާތުގައި ނެރޭ ނަތީޖާތައް ބެލުމާއި ދުވާފަރު ޓީމާއި ބައްދަލުކުރަންޖެހޭ މެޗެވެ.

މިމެޗުގެ މޮޅުކުޅުން ތެރިޔާގެ މަޤާމުހޯދީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހޭހަން ރެކްރިއޭޝަން ކްލަބްގެ ސްރީލަންކާގެ ކުޅުންތެރިއާ ވަސަނަ މަދުމަލި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މިމެޗުގެ ޝަރަފްވެރި މެހުމާނު ޔޫއެޗްއެލް ޓްރޭޑްގެ ވެރިޔާ ހުސައިން ފަހުމީއެވެ.

ސައިފް ގޯލްޑަން ޖުބުލީ ވޮލީ ބޯޅަ މުބާރާތަކީ ރ އަތޮޅުގައި ބާއްވަމުންއަންނަ އެއްމެ ފޯރިގަދަ ވޮލީ މުބާރާތެވެ. ކޮންމެ އަހަރަކުވެސް މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިންނާއި އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ތައިލެންޑުން ކުޅުންތެރިން ޓީމުތަކަށްގެނެސް ކުޅެމުންދެއެވެ. މިއަހަރު މިބާއްވަނީ ސައިފް ގޯލްޑަން ޖުބުލީގެ 8 ވަނަ މުބާރާތެވެ.

މިމުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓް ކޮމް އެވެ.

މަންހަޖު އަދި ހޭހަން ރެކްރިއޭޝަން ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

SAIF Golden Jubilee Volleyball Tournament 2019 / Manhaj Vs Heyhan Recreation Club

Posted by Ungoofaaru.com on Sunday, 29 September 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close