ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅު

އަނގޮޅިތީމު ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ އަޅައިފި

ރ. އަނގޮޅިތީމު

ރ. އަނގޮޅިތީމުގައި ހަދާ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިިޒިޓާ ސެންޓަރުގެ ބިންގާ އެޅުމުގެ  ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އަނގޮޅިތީމުގައި އަޅާ މި ސެންޓަރުގައި ދެ ގެލަރީ އާއި ކެފޭއެއް ހުންނާނެ އެވެ. ފުރަތަމަ ގެލަރީން، ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު ދައްކުވައިދޭ އިރު ދެ ވަނަ ގެލަރީން ފެންނާނީ އަނގޮޅިތީމުގެ ތާރީހު ކަމަށް ސެންޓަރު އެޅުމުގެ މަސައްކަތްކުރާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އެމްޑީ މުހައްމަދު ރާއިދު ވިދާޅުވި އެވެ.

ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުﷲ ރަޝީދުގެ ދަރިކަނބަލުން (ވ2) އަދި އަނބިކަނބަލުން (ވ3) ބައިވެރިވަނީ– ފޮޓޯ: ހުސައިން ވަހީދު/ މިހާރު

އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އަނގޮޅިތީމުގައި ހުޅުވާ ޓޫރިސްޓް ވިޒިޓާ ސެންޓަރަކީ ރާއްޖޭގެ ރަށްތަކުގެ ސަގާފަތް ދިރުވުމަށް ކުރާ މަސައްކަތްތަކުގެ ފެށުމެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ރަށްތަކުގައި މީގެ އިތުރު ސެންޓަރުތައް އަޅާނެ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ސެންޓަރަކީ ސީއެސްއާރުގެ ދަށުން ބައި މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ތަނެއް ކަމަށެވެ. މިތަން އަންނަ އަހަރު ހުޅުވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަރުވާލި ރަށަށް އަނގޮޅިތީމު ވުމުން ބައެއް ސަރުކާރުތަކުން އެރަށަށް އިހުމާލުވެފައިވެ އެވެ. ނަމަވެސް މި ސަރުކާރުން އެރަށް އިހުމާލު ނުވާނެ ކަމަށް ވިދާޅުވި އެވެ.

ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޭ ޑޭގެ މުޒާހަރާއިން ހައްޔަރުކޮށް ޖަލަށް ލާފައިވާ ވަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ ހުވަފަތް އަނބިމީހާ ޝެހެނާޒު އަބްދުއްރަހީމާއި އަންހެން ދަރިފުޅު އައިޝަތު ރަޝްމާ އެވެ.

އަބްދުﷲ، 51، މަރުވީ މޭ 1، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މޭ ޑޭ ބޮޑު އެއްވުމުގައި ފުލުހަކަށް ހަމަލާ ދިނުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ވަރަށް ބޮޑަށް ބަލިވެ އެކަށީގެންވާ ފަރުވާ ނުލިބި އެވެ.

މަސްދަރު: މިހާރު ނޫސް

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close