ކޮވިޑް-19

ޚަބަރުރ.އަތޮޅު

އިންނަމާދޫގައި އުރީދޫ ރޭންޖު މައްސަލަ ދިމާވާތާ 3 ދުވަސް

ރ. އިންނަމާދޫގައި އުރީދޫ ރޭންޖު މައްސަލަ ދިމާވެ ފޯނުން މުޢާސަލާތު ކުރުމަށާއި އިންޓަނެޓު ބޭނުން ކުރުމަށް ދަތިތަކެއް ދިމާވެއްޖެއެވެ.

ރ.އިންނަމާދޫ އިން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި މީގެ 3 ދުވަސް ކުރިން ފެށިގެން އެ ރަށަށް އުރީދޫ ރޭންޖު ލިބެމުން ދަނީ ކެނޑިކެނޑިގެން ކަމަށާއި އެކަމުގެ ސަބަބުން އުރީދޫ ނަންބަރުތަކުން ގުޅެނީ މަދު ފަހަރެއްގައި ކަމަށާއި ގުޅޭ ފަހަރު ތަކުގައި ވެސް ރޭންޖު ދަށްކަމުން ކިޔާ އެއްޗެއް ސާފު ނުވެ ފޯނު ކެނޑޭ ކަމަށެވެ.

އެ ރަށު ގިނަ ބަޔަކު އުރީދޫ ހިދުމަތް ބޭނުން ކުރަމުންދާއިރު ގިނަ ބައެއްގެ ޝަކުވާއަކީ މި ކަން ހައްލު ނުވެ ދިގުލައިގެން ދާތީއެވެ. އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ވިޔަފާރިއަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށެވެ.

“އަޅުގަނޑު ކުރާ ވިޔަފާރީގެ ގޮތުން ވަރަށް ގިނަ ކޯލްތައް ކުރަން ޖެހޭ އެހެން ނަމަވެސް މި ދިމާވެގެން އުޅޭ ކަމަކުން މިއުޅެނީ އެއްވެސް ވަރަކަށް ކުރިއަށްދާ ގޮތެއް ނުވޭ” އެ ރަށު މީހަކު ބުންޏެވެ. މިކަމުގައި ހައްލެއް ފެނޭތޯ އުރީދޫ ކޯލް ސެންޓަރަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ކިއުގައި ހުއްޓާ ފޯނު ކެނޑޭތީ އަދި ގުޅޭގޮތް ނުވާކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ސާފު ކުރުމަސް އުރީދޫއަށް ގުޅުމުމުން ބުނެފައި ވަނީ މައްސަލައެއް އުޅޭކަމަށް އެ ފަރާތުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށާއި މައްސަލައެއް ދިމާވެފައިވޭތޯ ޗެކު ކުރަން ފަށާފައިވާ ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close