ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް – ހެދޭކުރި ބަލިކޮށް ދުވާފަރު ޓީމް ފައިނަލްގެ އުއްމީދު އާކޮށްފި

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް 2019

ސައިފް ގޯލްޑަން ޖުބުލީ ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނުމެޗު ކާމިޔާބުކޮށް ދުވާފަރު ޓީމުން ފައިނަލްގެ ދެވަނަ ޖާގަ އަށް ކުރާ އުންމީދު އާކޮށްފިއެވެ. ދުވާފަރު ޓީމުން މިމެޗު ކާމިޔާބުކުރީ 3 – 1 ސެޓުން ހެދޭކުރި ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހެދޭކުރިން ކާމިޔާބު ކުރީ  26-24 އިންނެވެ. ފުރަތަމަ ސެޓާއި ހިލާފަށް ދެވަނަ ސެޓް ދުވާފަރު ޓީމުން ކާމިޔާބުކުރީ 25 – 13 އިންނެވެ. ފައިނަލްގެ ފުރުސަތު ހޯދުމަށް ދެޓީމަށްވެސް ވަރަށްމުހިއްމުވި މެމެޗުގައި ދެން ފެނިގެން ދިޔައީ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ 2 ސެޓެވެ. މިދެސެޓު ދުވާފަރު ޓީމުން ކާމިޔާބު ކުރީ 26 – 24 އަދި 25 – 22 އިންނެވެ.

މިނަތީޖާއާއެކު ކުޅުނު ދެމެޗުން ބަލިވެ އެއްމެޗު ބާކީ އޮށްވާ ހެދޭކުރި މިވަނީ މުބާރާތުގެ ފައިނަލްކުޅުމުގެ ހުރިހައި ދޮރެއް ބަންދުވެފައެވެ. ދުވާފަރު ޓީމަށް އޮތްފުރުސަތަކީ މިރޭ އުނގޫފާރު ސްކޫލުގެ މަންހަޖު އަތުން ކޮންމެ ނަތީޖާއަކުން ނަމަވެސް މޮޅުވުމެވެ.

މިމެޗުގެ މޮޅުކުޅުން ތެރިޔާގެ މަޤާމުހޯދީދުވާފަރު ޓީމުގެ ސްރީލަންކާގެ ކުޅުންތެރިއާ ނިރަމާނި ސުލޮޗަނަޖަޔަވަރުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މިމެޗުގެ ޝަރަފްވެރި މެހުމާނު ޖަމްއިއްޔަތުއްސައިފުގެ މުސްތަޝާރު އަބްދުﷲ ރަޝީދެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޭހަން ރެކްރިއޭޝަން ކްލަބާއި ހެދޭކުރި އެވެ.

ސައިފް ގޯލްޑަން ޖުބުލީ ވޮލީ ބޯޅަ މުބާރާތަކީ ރ އަތޮޅުގައި ބާއްވަމުންއަންނަ އެއްމެ ފޯރިގަދަ ވޮލީ މުބާރާތެވެ. ކޮންމެ އަހަރަކުވެސް މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިންނާއި އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ތައިލެންޑުން ކުޅުންތެރިން ޓީމުތަކަށްގެނެސް ކުޅެމުންދެއެވެ. މިއަހަރު މިބާއްވަނީ ސައިފް ގޯލްޑަން ޖުބުލީގެ 8 ވަނަ މުބާރާތެވެ.

މިމުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓް ކޮމް އެވެ.

ދުވާފަރު ޓީމު އަދި ހެދޭކުރި ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

SAIF Golden Jubilee Volleyball Tournament 2019 / Dhuvaafaru Team Vs Hedheykuri

Posted by Ungoofaaru.com on Tuesday, 1 October 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close