ޚަބަރުއާދަޔާޚިލާފް

ބުޅަލުގެ ކަންތަކުގައި އުނގޫފާރު ކައުންސިލް ހޫނު ފެނަށް

އުނގޫފާރު ކައުންސިލް

އުނގޫފާރު ގައި ބުޅާ ގިނަވެ އާންމުރައްޔިތުންނަށް އެކަމުގެ އުނދަގޫ ބޮޑުވެ ކައުންސިލަށް ހުށައަޅަމުންދާ ޝަކުވާ ތަކަށް ހައްލެއް ހޯދުމަށް އުނގޫފާރު ކައުންސިލުން ނިންމި ނިންމުން ސަރުކާރުގެ ގެޒެޓްގައި އާންމު ކުރުމާއެކު ކައުންސިލް ހޫނުފެނަށް ވައްޓާލައިފިއެވެ.

މިއަދު ދޭއްޖެހުމާއި ގާތްވެފައި ވަނިކޮށް އުނގޫފާރު ކައުންސިލުން ގެޒެޓުކުރި އިއުލާނުގައި ބުނެފައިވަނީ “ބުޅަލުގެ ސަބަބުން ގޭގޭގެ ފުރާޅުން ފެންނެގުމަށާއި މީހުންނަށް އުދަގޫވާކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. ވީމާ މިރަށުން ބުޅާމަދުކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އަމިއްލަ ބޭނުންތަކަށް ގެންގުޅޭ ބުޅާ ގެންގުޅެންވަނީ އާއްމުންނަށް އުނދަގޫނުވާގޮތަށެވެ. އަދި ބުޅަލުގެ އުދަގޫ ކުޑަކުރުމަށްޓަކާ ބުޅާ ހިފާ ކައުންސިލާއި ހަވާލްކުރުމުން ކޮންމެ 3 ބުޅަލަކަށް -/100 (ސަތޭކަ ރުފިޔާ) ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ބުޅާ ބަލައިގަންނާނީ ހެނދުނު 8:30 ން މެންދުރު 11:00 އަށެވެ. ކަނޑައެޅިފައިވާ ވަގުތު ފިޔަވާ އެހެންވަގުތުތަކުގައި ގެންނަބުޅަލާއި ކުނިވެފައިވާ ބުޅާ ބަލައިނުގަނެވޭނެއެވެ. މިޕްރޮގުރާމް ކުރިއަށްދާނީ 30 ނޮވެމްބަރ 2019 ގެ ނިޔަލަށެވެ.” މިހެންނެވެ.

މިއިއުލާނުގައި ބުނެފައިވަނީ ބުޅާ މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން ބުޅާ ހިފާ ކައުންސިލާއި ހަވާލުކުރާ ވާހަކައެވެ. ނަމަވެސް ކައުންސިލްގެ ރައީސް އާއި މެމްބަރާއި ހަވާލާދެއްވައި ރާއްޖޭގެ މީޑިއާ ތަކުގައި މިހަބަރު ފެތުރިގެން ދިޔައީ ބުޅާ މަރާވާހަކައެވެ.

މިހާރު ނޫހަށް މައުލޫމާތު ދެއްވަމުން ކައުންސިލްމެމްބަރު ހުސައިން އާސިފް ބުނެފައިވަނީ ރައްޔިތުންނަށް އުނދަގޫ ވާތީ ބުޅާ މަރާވާހަކައެވެ. އަދި ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީވެސް އަވަސް ނޫހަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ބުޅާ ކައުންސިލާއި ހަވާކުރަން ޖެހޭނީ މަރާލުމަށްފަހުގައި ކަމަށެވެ.

ޖަނަވާރުންނަށް އަނިޔާވެރިވުން ކުށެއް ކަމަށް ކަނޑައަޅާފައިވާ ގާނޫނުލް އުގޫބާތުގެ 625 ވަނަ މާއްދާ ބުނާގޮތުން އަނިިޔާވެރިކަމާ އެކު ޖަނަވާރަކަށް އަނިޔާކޮށްފި ނަމަ، އެއީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ކުށަށް އިއުތިރާފްވެއްޖެ ނަމަ، އަދަބުގެ މިންވަރުގެ 27 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަވާނެ އެވެ.

މީގެ އިތުރުން އެ ކުށް އަމަލީ ގޮތުން ނުކުރިޔަސް، އެކަމަށް ހިތްވަރު ދީފި ނަމަ ނުވަތަ ފަސޭހަކޮށް ދީފި ނަމަ، ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށެއް ކުރަން އެދުނީ ކަމަށް ބަލައި، އެ މާއްދާގެ ދަށުން އެ މީހަކު ކުށްވެރިވާނެ އެވެ.

މިކަމާއި ގުޅިގެން މުޅި މީސްމީޑިއާގައި ވަނީ އުނގޫފާރު ކައުންސިލަށް ވަރަށްބޮޑަށް ފާޑުކިޔާ މަލާމާތްވެސް ކުރަން ފަށާފައެވެ. އަދި އުނގޫފާރު ކައުންސިލްގެ މިނިންމުން ކުއްވެރިކޮށް ތަފާތު ވާހަކަތައް ދައްކަން ފަށާފައިވާއިރު ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުންދަނީ އުނގޫފާރު އެކިފަރާތްތަކާއި ގުޅައި މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް ކައުންސިލުގެ މިނިންމުން ބަދަލުކުރުމަށް ކައުންސިލަށްބާރު އެޅުމަށް އެދެމުންނެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ ކަމާގުޅޭ އެއްވެސް އިދާރާއަކުންވެސް އަދި އުނގޫފާރު ކައުންސިލުން އަދި ވަކިއެއްޗެއް ބުނެފައެއްނުވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
nanq Recent comment authors
nanq
Guest
nanq

pakaaas

Close