ޚަބަރު

ބުޅާ މެރުމަށް އުނގޫފާރު ކައުންސިލުން ނިންމި ނިންމުން ބާތިލްކޮށްފި

އުނގޫފާރުގައި ބުޅާ މަދު ކުރުމަށް އުނގޫފާރު ކައުންސިލުން ނިންމި ނިންމުން އެ ކައުންސިލުގެ ޤަރާރަކުން ބާޠިލްކޮށްފިއެވެ. މިކަމަށް ނިންމި ޤަރާރު ފާސްކޮށްފައި ވަނީ ދާދި ދެންމެއަކު ބޭއްވި އެ ކައުންސިލުގެ ކުއްލި ބައްދަލުވުމުއްގައި ކައުންސިލްގެ 3 މެންބަރުންގެ އަޤުލަބިއްޔަތުންނެވެ.

އުނގޫފާރު ކައުންސިލުން ފާސްކުރި ޤަރާރުގައި ބުނެފައި ވަނީ ބުޅަލުގެ ފަރާތުން އުނގޫފާރު ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތަކާ ގުޅިގެން ރަސްމީކޮށް ލިޔެކިޔުމުންނާއި އަނގަބަހުން އުނގޫފާރު ކައުންސިލަށް ހުށައަޅާފައިވާ ޝަކުވާތަކާ ގުޅިގެން  އެ ކައުންސިލުގެ 97 ވަނަ އާންމު ބައްދަލުވުމުން ބުޅަލުގެ އުނދަގޫ ކުޑަކުރުމަށް ނިންމި ނިންމުމަށް އާންމު ކުރެވުނު އެ ކައުންސިލްގެ އިއުލާނާ ގުޅިގެން ރައީސުލް ޖުމުހުރިއްޔާގެ އޮފީހާއި ސަރުކާރުގެ ބައެއް މިނިސްޓުރީތަކުގެ މިނިސްޓަރުންނާއި ލޯކަލް ގަވަމެންޓު އޮތޯރިޓީން ކަންބޮޑުވުން ފާޅު ކުރަމުން ދާތީ އެ އިއުލާން ބާތިލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އުނގޫފާރު ކައުންސިލްގެ ޤަރާރު

މިއަދު ދޭއްޖެހުމާއި ގާތްވެފައި ވަނިކޮށް އުނގޫފާރު ކައުންސިލުން ގެޒެޓުކުރި އިއުލާނުގައި ބުނެފައިވަނީ “ބުޅަލުގެ ސަބަބުން ގޭގޭގެ ފުރާޅުން ފެންނެގުމަށާއި މީހުންނަށް އުދަގޫވާކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. ވީމާ މިރަށުން ބުޅާމަދުކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އަމިއްލަ ބޭނުންތަކަށް ގެންގުޅޭ ބުޅާ ގެންގުޅެންވަނީ އާއްމުންނަށް އުނދަގޫނުވާގޮތަށެވެ. އަދި ބުޅަލުގެ އުދަގޫ ކުޑަކުރުމަށްޓަކާ ބުޅާ ހިފާ ކައުންސިލާއި ހަވާލްކުރުމުން ކޮންމެ 3 ބުޅަލަކަށް -/100 (ސަތޭކަ ރުފިޔާ) ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ބުޅާ ބަލައިގަންނާނީ ހެނދުނު 8:30 ން މެންދުރު 11:00 އަށެވެ. ކަނޑައެޅިފައިވާ ވަގުތު ފިޔަވާ އެހެންވަގުތުތަކުގައި ގެންނަބުޅަލާއި ކުނިވެފައިވާ ބުޅާ ބަލައިނުގަނެވޭނެއެވެ. މިޕްރޮގުރާމް ކުރިއަށްދާނީ 30 ނޮވެމްބަރ 2019 ގެ ނިޔަލަށެވެ.” މިހެންނެވެ.

މިކަމާއި ގުޅިގެން މުޅި މީސްމީޑިއާގައި އުނގޫފާރު ކައުންސިލަށް ވަރަށްބޮޑަށް ފާޑުކިޔުމާއި މަލާމާތްވެސް އަމާޒުވިއެވެ. އަދި އުނގޫފާރު ކައުންސިލްގެ މިނިންމުން ކުއްވެރިކޮށް ތަފާތު ވާހަކަތައް ދައްކަން ފަށާފައިވާއިރު ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން އުނގޫފާރު އެކިފަރާތްތަކާއި ގުޅައި މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް ކައުންސިލުގެ މިނިންމުން ބަދަލުކުރުމަށް ކައުންސިލަށްބާރު އެޅާފައިވެއެވެ.

 

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close