ކޮވިޑް-19

ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް – 3 މޮޅާ އެކު ހޭހަން ރެކްރިއޭޝަން ފައިނަލަށް

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް 2019

ސައިފް ގޯލްޑަން ޖުބުލީ ވޮލީބޯޅަ މުބާރާތުގައި އްިޔެ ހަވީރު ކުޅުނުމެޗު ގައި ހެދޭކުރި ޓީމުގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހައި މެޗެއް ހޭހަން ރެކްރިއޭޝަން އިން ކާމިޔާބު ކޮށްފިއެވެ. ހޭހަން އިން މިމެޗު ކާމިޔާބު ކުރީ  ސީދާ ތިން ސެޓުން ހެދޭކުރި ބަލިކޮށްގެންނެވެ.

މާބޮޑު ފޯރިއެއް ނެތް މިމެޗުގެ ސެޓްތައް ހޭހަން އިން ކާމިޔާބު ކުރީ  25-17، 25-15 އަދި 25-16  އިންނެވެ. ދެވަނަ ސެޓްގެ މެދަކަހިސާބުން ކުޅުން ކުރިއަށް ދިޔައީ ވެހެމުން ދިޔަ ވަރޭގެ ތެރޭގައެވެ. އަދި ތިވަނަ ސެޓް ކުޅުން ފެށީ ކުޑަ ވާރޭގެ ސަބަބުން ކުޅުން މެދުކަނޑާލުމަށްފަހު ވިއްސަކަށް މިނެޓް ފަހުންނެވެ.

މިމެޗުގެ މޮޅުކުޅުން ތެރިޔާގެ މަޤާމުހޯދީ ހޭހަން ރެކްރީއޭޝަންގެ ޒީމާ އާރިފް އެވެ.. މެޗުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މިމެޗުގެ ޝަރަފްވެރި މެހުމާނު ފެއިތުފުލްގެ ވެރިޔާ އަދުނާނު އިބްރަހީމްއެވެ.

ސައިފް ގޯލްޑަން ޖުބުލީ ވޮލީ ބޯޅަ މުބާރާތަކީ ރ އަތޮޅުގައި ބާއްވަމުންއަންނަ އެއްމެ ފޯރިގަދަ ވޮލީ މުބާރާތެވެ. ކޮންމެ އަހަރަކުވެސް މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިންނާއި އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ތައިލެންޑުން ކުޅުންތެރިން ޓީމުތަކަށްގެނެސް ކުޅެމުންދެއެވެ. މިއަހަރު މިބާއްވަނީ ސައިފް ގޯލްޑަން ޖުބުލީގެ 8 ވަނަ މުބާރާތެވެ.

މިމުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓް ކޮމް އެވެ.

ހޭހަން ރެކްރިއޭޝަން ކްލަބް އަދި ހެދޭކުރި ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

SAIF Golden Jubilee Volleyball Tournament 2019 / Heyhan Recreation Club Vs Hedheykuri – Part 1

Posted by Ungoofaaru.com on Wednesday, 2 October 2019

SAIF Golden Jubilee Volleyball Tournament 2019 / Heyhan Recreation Club Vs Hedheykuri – Part 2

Posted by Ungoofaaru.com on Wednesday, 2 October 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close