ޚަބަރުރިޕޯޓް

ހައްޤުތަކާއި ޒިންމާގެ ބާބު އަލުން ލިޔަންޖެހިފައި! ބުޅަލުގެ ހައްޤު އަހަރެމެންގެ ހައްޤައްވުރެ ބޮޑީހެއްޔެވެ؟

ދިވެހިރާއްޖެއަށް އައިސްފައިވާ ދިމިޤްރާތީ ނިޒާމާއެކު އައިސްފައިވާ ބައެއް ޚިޔާލާތު ތަކާއި މެދު އަދުވިސްނާން ނުވޭހެއްޔެވެ. ޝަރީޢަތުގެ ތަރާދުން އެއްކިބާވެފައިވާ ހައްޤުތަކާއި ޒިންމާގެވާހަކައިން ރާއްޖޭގެ މުޅިޖައްވު ކިލަނބުވެ ހައްޤުތަކާއި ޒިންމާގެ ބާބު އަލުން ލިޔަންޖެހިފައިވެއެވެ. އިންސާނާއަކީ މުޅިން ފުރިހަމަ މީހެއް ހެއްޔެވެ؟ އިންސާނާގެ ބުއްދިއަކީ މުޅިންފުރިހަމަ އެއްޗެއް ހެއްޔެވެ؟ އެހެންކަމަށް ނުވާނަމަ މުޅިން އިންސާނާގެ ބުއްދިއަށް ބަރޯސާވެފައިވާ ކޮންމެ ނިޒާމެއްގައިވާ ހައްޤުތަކާއި ޒިންމާގެ ބާބުގައި ދެކޮޅުނުޖެހޭ ކޮރު އަދި ކޮސް ކަންތައްތައް ހުއްނާނެކަމީ ޝައްކެއްނެތި ޔަޤީންވާ ކަމެކެވެ.

ކުޅަދުންވަންތަ އިލާހުގެ ނަބިއްޔުންނާއި ރަސޫލުންގެ ރިސާލަތާއި ނުލައި އިންސާނީ ދަރިފަސްކޮޅުގެ ބައިކުޅަނދުކަމަށް ފުރިހަމަކަން ނުގެނެވޭނެކަން ދެނެވޮޑިގެން އެކަލާންގެ ނަބިއްޔުންނައި ރަސޫލުން ފޮނުއްވައި އިސްލާމް ދީނުގެ ރިސާލަތު އަދުވަނީ ފުރިހަމަކޮށްފައެވެ. އިސްލާމީ ރިސާލަތުގެ ޢަދުލުވެރި ނިޒާމުން އިންސާނުންނާއި ހައިވާނުންނަށް ދީފައިވާ ހަމައެޅޭ ހައްޤުތަކައި ޒިންމާތަކަށް ރުޖޫޢަވާން ހިނގާށެވެ. މިކާއިނާތުގައި ހުރިހާ މަޚުލޫޤުންވެސް އެކަލާންގެ ލައްވާފައިވަނީ ވަކި މިންވަރަކަށް އެކަތީގެ ދިރިއުޅުމާއި އަނެކައްޗެއް ގުޅި ލާމެހިގެންދާ ބީދައިންނެވެ. ތިމާގެ ވެށީގައިވާ އެއްވެސް މަޚުލޫގެއް އާދަޔާ ޚިލާފަށް ގިނަވުން ނުވަތަ މަދުވުމަކީވެސް މަޚުލޫގުތަކުންގެ އެމުނިއެކުލެވިފައިވާ ދިރިއުޅުމުގެ ބުރަށް ލޮޅުން ގެނުވާނެކަމެކެވެ.

މާތްﷲ ހުރިހާ މަޚްލޫޤުތަކުގެ މައްޗަށް އިންސާނާ މާތްކުރައްވާ މަތިވެރިކުރެއްވިކަން ހަމައެކަނި އިންސާނީ ބުއްދީގެ ފަލްސަފާގެ މައްޗަށް ބަރޯސާވެފައިވާ މާއްދިއްޔަތުގެ އަހުލުވެރިންނަށް ނޭންގެނީ ބާއެވެ. ނުވަތަ އެނގުނަސް ޤަބޫލުކުރަން ބޭނުންނުވަނީ ބާއެވެ. ދުނިޔޭގެ އެތައް މިތަނުގައި އިންސާނުންގެ ހަށިތަށް ކޮށާކުދިކުރާއިރު ތިބާގެ ތިޔަ އޯގާތެރި ހިތް ކޮބާހެއްޔެވެ؟ އިސްލާމުން އުޅޭ ކިތައް ޤައުމުގައި ކިތައް ހަމަލާ އެބަދޭ ހެއްޔެވެ؟ ދިމިޤްރާތީ ނިޒާމުގެ ބައްޕަކަމަށް ދަޢުވާކުރާ ޤައުމުން އިސްރާއީލުއެވެ ކިޔާ ނަހަލާލުޤައުމަށް ހަތިޔާރުދީ ފަލަސްޠީނުގެ ކިތައްމީހުން ކޮންމެ ދުވަހަކު އަނިޔާވެރި ރަހުމެއްނެތް ޢަމަލުތަކުން މިދުނިޔެއާއި އަލްވަދާޢުކިޔާ ހެއްޔެވެ. ތިބާތިޔަ ދަޢުވާކުރާ އޯގާވެރިކަމުން ފަލަސްޠީނު މީހުންގެ ހައްޤުގައި 24 ގަޑިއިރު ހަޅުތާލުކޮށް ސޯޝަލްމީޑިޔާއާއި މަގުތަކާއި ގައުމުތަކުގައި ނިކަން ތިޔައޯގާތެރިކަމުގެ އަޑުގުގުމާލަބަލާށެވެ.

އިންސާނުންނަށް އުނދަގޫވާވަރަށް ބުޅާގިނަވެ އާންމުދިރިއުޅުމަށް އުނދަގޫވުމުން ބުޅާމަދުކުރަން ޖެހޭނެއެވެ. އެގޮތަކީ އިންސާނުންގެ ހައްޤަށްވުރެ ބުޅަލުގެ ހައްޤު ބޮޑުވެގެން ނުވާތީއެވެ. މިބިންމަތީގެ ޚަލީފާވެރިއަކީ އިންސާނުންކަމަށް ވީމައެވެ. އިންސާނުންގެ މަސްލަހަތާއި ފުށުއަރާނަމަ އެހެނިހެން މަޚުލޫޤުތަކުގެ ހައްޤަށް އުނިކަން ލިބުނު ނަމަވެސް ހަމައެޅޭ އޯގާވެރި ނިޒާމަކުން އެތަކެތި މަދުކޮށް އިންސާނުންނަށް ދިރިއުޅުނަދޭންޖެހޭތީއެވެ. މިހާލަތުގައި ވަކި ހުދޫދެއްގެ ތެރެއިން ބުޅަލުގެ ހައްޤު ހިފަހައްޓައި އޮބަހައްޓަން ކަމުވޮށިގެންވާ އެންމެހާ ފަރާތަކަށް ލާޒިމުވަނީ އެބައިމީހުންނާއި މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ. މިއީ އިންސާނީ ނަސްލަށް އޮތް އެންމެ ތާހިރު އަދި ދުޅަހެޔޮގޮތަށްވާނެވެ. އިންސާނާގެ އަސާސީ ދިރިއުޅުމަށް ބޭނުންވާ ފެންފޮދު ސާފުތާހިރުގޮތުގައި ނަގައި ރައްކާކުރެވެން ނެތްގޮތަކަށް ބުޅަލުގެ ހައްޤުހިމާޔަތްކުރާނަމަ ތިބާގެ ވިސްނުން އިސްލާހުކުރަންޖެހެއެވެ.

ޖަނަވާރުންގެ ހައްޤާއި މިނޫންވެސް ހައްޤުތަކަށް ވަކާލާތުކުރާ މީހުނެވެ. އިންސާނީ ދަރިފަސްކޮޅުގެ ލާބައަށްޓަކައި މަރަންޖެހިއްޖެ ޖަނަވާރެއް މެރުން އިސްލާމްދީނުގައި ކުށަކަށްނުވާނެކަން ޔަޤީނެވެ. އެހެނަސް އެއީ އެޖަނަވާރަކަށް އަނިޔާކުޑަ އެއްފަހަރުންޖަހާ މަރާލެވޭނެގޮތެކެވެ. ބުޅަލުގެ ދަރިފަސްކޮޅު ނެތި ނުދާނެ ހަމައެޅޭ ހުދޫދެއްގެ ތެރެއިންނެވެ.

ނަމަވެސް ރާއްޖޭގައި ޖަނަވާރުގެ ހައްޤުގައި ވަކާލާތުކުރާ އަދި ބުޅާގެންގުޅޭ ހިތްވާ އެތައްހާސް މީހުން އުޅޭކަން އިއްޔެ އިވިގެންދިޔަ ޚަބަރުތަކުން އެނގެއެވެ. ސޯޝަލްމީޑިޔާގެ ލިޔުންތަކުން ފެނުނެވެ. ވީމާ، އުނގޫފާރު ކައުންސިލުން ބުޅާ ގިނަވެގެން ބުޅާމަދުކުރަން ބޭނުންނަމަ އަޅުގަނޑު އެދެނީ އުނގޫފާރުގެ މާހައުލުގައި އުޅޭ ދިރޭތަކެތީގެ ގުޅިލާމެހިފައިވާ ނިޒާމު (އިކޯސިސްޓަމް) އަށް ބުރު ނާރާނެ ފަދައަކުން ގިނަވެގެންއުޅޭ ބުޅާތައް ބުޅާދެކެލޯބިވާ ކުދިންނަށް ހަދިޔާކުރުމެވެ. އެއްގޮތަކަށްވެސް ބުޅާނުމެރުމެވެ.

އިސްލާމްދީނާއި ދިމިޤްރާތީ ހަމަތަކާއި ފުށުނާރާނެ ފަދައަކުން ބުޅާތަކާއިމެދުވެސް އަދުލުވެރިވުމެވެ. ޖަނަވާރުންގެ ހައްޤާއި އިންސާނުންގެ ހައްޤު ހިމާޔަތްވެ އުނގޫފާރު ރައްޔިތުމީހާގެ ވާރޭ ފެންފޮދުވެސް ހިމާޔަތްވުމެވެ. ޖަނަވާރުތަކުގެ ހައްޤުތަކުގެ އަހުލުވެރިންނެވެ. ވީއެންމެ އަވަހަކަށް ބުޅާތައް ބަލައި އަންނާށެވެ. ހިނގާދިޔަ ބަހުސްތަކާމެދު ކުރުކޮށް ފޮނިކޮށް އެއްޗެއް ބުނާނެނަމަ އަދިވެސް އަޅުގަނޑު ބުނާނީ ހައްޤުތަކާއި ޒިންމާގެ ބާބު އަލުން ލިޔަންޖެހިފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Mensj Recent comment authors
Mensj
Guest
Mensj

Dhogeh vaa nun… Anehkaa ebuny bulhaa sarahahdhen thahyyaru kurany ey… Miulheny rashuga dhiriulhey ge alhan beynun vaameehaaa ah ge ahaane tha kolheh nudhevigen… Ekam bulhaathakah ge alhaane than ebaoih….

Close