ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް – އެންމެން ހައިރާން ކޮށްލުމަށްފަހު ދުވާފަރު ޓީމު ފައިނަލަށް

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް 2019

ސައިފް ގޯލްޑަން ޖުބުލީ ވޮލީބޯޅަ މުބާރާތުގައި ރޭ ކުޅުނުމެޗު ކާމިޔާބުކޮށް އެންމެން ހައިރާން ކޮށްލުމަށްފަހު ދުވާފަރު ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ދުވާފަރު ޓީމު ފައިނަލްގެ ފަހު ޖާގަ ހޯދީ ރޭ 3-1 ސެޓުން މަންހަޖުގެ މައްޗަށް ކުރިހޯދައިގެންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހޭހަން ރެކްރިއޭޝަން ކްލަބާއި ދެކޮޅަށް ކުޅުނުމެޗުން ސީދާ ތިންސެޓުން ދުވާފަރު ޓީމު ވަނީ ބަލިވެފައެވެ. މިމެޗުގައި އެޓީމުގެ ފަރާތުން ފެނިގެން ދިޔަ ދަށް ކުޅުމުގެ ސަބަބުން ދުވާފަރު ޓީމަށް މުބާރާތުގައި މާ އެދެވޭ ކާމިޔާބީ އެއް ހޯދިދާނެ ކަމަކަށް ގިނަބަޔަކު ޤަބޫލެއް ނުކުރެއެވެ.

ދުވާފަރު ޓީމަށް ކުޅޭ ސްރީލަންކަގެ ކުޅުންތެރިޔާ ނިރަމާނިގެ މޮޅުކުމާއެކު ދެވަނަ މެޗާއި ތިންވަނަ މެޗުގައި ފުރަތަމަ ސެޓު އިދިކޮޅު ޓީމު ގެންގޮސްފައި ވަނިކޮށް ފަހަތުން އަރައި 3 ސެޓް ކާމިޔާބުކޮށް ދެ މެޗުން މޮޅުވެ ދުވާފަރު ޓީމު މިވަނީ ފައިނަލުގެ ދެވަނަ ޖާގަ ހޯދާފައެވެ. ފައިނަލުގައި ދުވާފަރު ޓީމު ބައްދަލުކުރާނީ ވޭތުވެ ދުޔަ 2 މުބާރާތުގެ ވެސް ޗެމްޕިއަން ހޭހަން ރެކްރިއޭޝަން ކްލަބާއެވެ.

ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ސެޓް މަންހަޖު ހޯދާފައިވަނިކޮށް ފަހަތުން އަރައި 3 ސެޓް ދުވާފަރު ޓީމުން ހޯދީ 24-26, 28-26, 25-16 އަދި 25-17 އިންނެވެ.

މިމެޗުގެ މޮޅުކުޅުން ތެރިޔާގެ މަޤާމުހޯދީ ދުވާފަރު ޓީމުގެ ސްރީލަންކާގެ ކުޅުންތެރިއާ ނިރަމާނި ސުލޮޗަނަޖަޔަވަރުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކޮށްދެއްވީ މިމެޗުގެ ޝަރަފްވެރި މެހުމާނު ރިވާޑް ޕްލަސްގެ ވެރިޔާ އިބްރާހީމް ހަލީމެވެ.

ސައިފް ގޯލްޑަން ޖުބުލީ ވޮލީ ބޯޅަ މުބާރާތަކީ ރ އަތޮޅުގައި ބާއްވަމުންއަންނަ އެއްމެ ފޯރިގަދަ ވޮލީ މުބާރާތެވެ. ކޮންމެ އަހަރަކުވެސް މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިންނާއި އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ތައިލެންޑުން ކުޅުންތެރިން ޓީމުތަކަށްގެނެސް ކުޅެމުންދެއެވެ. މިއަހަރު މިބާއްވަނީ ސައިފް ގޯލްޑަން ޖުބުލީގެ 8 ވަނަ މުބާރާތެވެ.

މިމުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓް ކޮމް އެވެ.

މަންހަޖު އަދި ހެދޭކުރި ބައްދަލުކުރި މެޗުގެ ފޭސްބުކް ލައިވް

SAIF Golden Jubilee Volleyball Tournament 2019 / Manhaj Vs Dhuvaafaru Team

Posted by Ungoofaaru.com on Wednesday, 2 October 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close