ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް – ފައިނަލްގައި ސްރީލަންކާގެ ކުރިމަތިލުމެއް

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް 2019

ސައިފް ގޯލްޑެން ޖުބިލީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅެވޭނެއެވެ. މިމުބާރާތުގެ ފައިނަލްގައި މިރޭ ބައްދަލުކުރާނީ މިމުބާރާތުގެ ވޭތުވެ ދިޔަ ދެއަހަރުގެ ޗެމްޕިއަން ހޭހަން ރެކްރިއޭޝަން ކްލަބާއި މިމުބާރާތުގެ ފައިނަލްގައި މުޅިން އަލަށް ވާދަކުރާ ދުވާފަރު ޓީމެވެ.

ތަށި މިލްކު ކުރަން ހޭހަން ރެކްރިއޭޝަން ކުލަބް ނިކުންނައިރު އެޓީމުގެ ހުރީހައި އުއްމީދުތަކެއް ގުޅިފައިވަނީ އެޓީމުގެ ސްރީލަންކާގެ ސްޕައިކަރު ވަސަނަ މަދުމަލި (ވަސު) އާއެވެ. މިޓީމު މިހިސާބަށް ދަތުރުކުރުމުގެ އެއްމެބޮޑު ދައުރެއް އަދާކުރި ކުޅުންތެރިއަކީ އޭނާއެވެ. ހެހަންޓީމު މިމުބާރާތުގެ ތަށި ފުރަތަމަ ކާމިޔާބު ކުރި އަހަރުވެސް ވަސު ވަނީ މިޓީމަށް ކުޅެފައެވެ. މިއީ ވަސު ހޭހަން ޓީމާއެކު ކުޅޭ ދެވަނަ މުބާރާތެވެ. އަދި ހޭހަން ތަށި މިލްކުކުރަށް ނިކުންނައިރު ވަސު ވެފައިމިވަނީ މުޅި ޓީމުގެ މައިތަނބަށެވެ.

ހޭހަން ރެކްރިއޭޝަން އަދި މަންހަޖު ޓީމް ބައްދަލުކުރިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވުން / ފޮޓޯ ސައިފް ފޭސްބުކް ޕޭޖް

މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ހޭހަންގެ މެނޭޖަރު ހަސަން ޝަފީޤް ބުނީ މިރޭގެ މެޗަށް މުޅި ޓީމުއޮތީ ފުރިހަމައަށް ތައްޔާރު ވެފައި ކަމަށެވެ. މިރޭގެ މެޗާ ގުޅިގެން ކުރަންޖެހޭ ހުރިހައި ކަމެއްވެސް ވަރަށް ބަރާބަރަށް ކުރިއަށްދާކަމަށާއި މެނޭޖުމަންޓާއި މުޅި ޓީމު އޮތީ ވަރަށް ފިޓުކޮށް ކަމަށެވެ. އަދި މިރޭގެ މެޗުން މޮޅުވުންނޫން ގޮތެއް ޓީމަށް ނެތްކަމަށެވެ.

ފައިނަލްގައި މުޅިން އަލަށް ވާދަކުރާ ދުވާފަރު ޓީމުގެވެސް ހުރިހައި އުއްމީދުތަކެއް ގުޅިފައިވަނީ މިޓީމަށްކުޅޭ ސްރީލަންކާގެ ސްޕައިކަރު ނިރަމާނި ސުލޮޗަނަޖަޔަވަރު އާއެވެ. އިދިކޮޅު ޓީމުގެ ހުރިހައި ބޯޅަތަކެއް ރިސީވުކުރަމުން ތިންވަނަ ޓަޗުގައި އެޓޭކު ކުރަމުން ފަހުދެމެޗުގައި މޮޅު ކުޅުމެއްދެއްކި ނިރަމާނި އަކީ މުޅި ދުވާފަރު މިރޭ ހެއްވާލުމަށާއި އުފާ ކޮށްލަ ދޭން ހުރިހައި ޒިންމާއެއް ކޮނޑު އަޅައިގެން ހުރި ކުޅުންތެރިޔާއެވެ.

ދުވާފަރު ޓީމު އަދި ހެދޭކުރި ޓީމް ބައްދަލުކުރިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވުން / ފޮޓޯ ސައިފް ފޭސްބުކް ޕޭޖް

މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ދުވާފަރު ޓީމުގެ ކޯޗު ހުސެއިން ބުނީ މިރޭގެ މެޗަށް ޓީމު އޮތީ ވަރަށްފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. ޓީމުގައި އަނިޔާގެ އަދި ސަސްޕެންޝަންގެ ވެސް އެއްވެސް ކަމެއް ނެތްކަމަށެވެ. މިރޭގެ މެޗުގެ ކުރިން ދާއިރާގެ މެމްބަރު އިއްސޭ ޓީމާއި ބައްދަލުކޮށް ހިތްވަރުދެއްވައި ބަހައްޓަވައި ގާތްކަން އަބަދުވެސް އުފަލާއެކު ފާހަގަ ކުރާކަމަށެވެ. އަދި މެމްބަރުގެ ފަރާތުން ލިބިގެން ދިޔައީ އިތުރު ހިތްވަރަކާއި ޖޯޝެއްކަމަށެވެ.

ސްރީލަންކާގެ މިދެކުޅުންތެރިން މިރޭ މިނިކުންނަނީ އެދެކުޅުންތެރިންވެސް ކުޅޭ ދެރަށުގެ ދެޓީމުގެ ހުރިހައި އުއްމީދު ތަކެއް ހަޤީގަތަކަށް ހެދުމަށް ކަށިން ހިތްވަރު ނެރެގެންނެވެ. މިދެކުޅުންތެރިންގެ ކުޅުމަށް އަދި މުޅި ޓީމަށްވެސް އިތުރު ހިތްވަރަކާއި ޖޯޝެއް ދެން ގެނެސްދޭން ތިބީ ދެޓީމުގެ ސަޕޯޓަރުންނެވެ.

ސައިފް ގޯލްޑަން ޖުބުލީ ވޮލީ ބޯޅަ މުބާރާތަކީ ރ އަތޮޅުގައި ބާއްވަމުންއަންނަ އެއްމެ ފޯރިގަދަ ވޮލީ މުބާރާތެވެ. ކޮންމެ އަހަރަކުވެސް މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިންނާއި އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ތައިލެންޑުން ކުޅުންތެރިން ޓީމުތަކަށްގެނެސް ކުޅެމުންދެއެވެ. މިއަހަރު މިބާއްވަނީ ސައިފް ގޯލްޑަން ޖުބުލީގެ 8 ވަނަ މުބާރާތެވެ.

މިމުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓް ކޮމް އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close