ޚަބަރުރ.އަތޮޅުރަށު ކުޅިވަރުކުޅިވަރުގޯލްޑެން ޖުބުލީ

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތުގެ ތަށި ހޭހަން ރެކްރިއޭޝަން ކުލަބުން މިލްކުކޮށްފި

ސައިފް ގޯލްޑެން ޖުބިލީ ވޮލީ މުބާރާތް 2019

8 ވަނަ ސައިފް ގޯލްޑަން ޖުބިލީ ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށް މިމުބާރާތުގެ ތަށި ހޭހަން ރެކްރިއޭޝަން ކުލަބުން މިލްކުކޮށްފިއެވެ. މިކާމިޔާބީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހޭހަން ރެކްރިއޭޝަން ކްލަބުން މި ހާސިލުކުރީ ރޭ އުނގޫފާރު އިޖުތިމާއީ މަރުކަޒުގެ ވޮލީކޯޓުގައި ކުޅެވުމު ފައިނަލްމެޗު ސީދާ 3 ސެޓުން ދުވާފަރު ވޮލީ ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ދެރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދެޓީމަށްވެސް ހިތްވަރުދެމުންދިޔަ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ސެޓްތައް ހޭހަން ރެކްރިއޭޝަން ކަމިޔާބުކުރީ – 25-18، 25-12 އަދި 25-19 އިންނެވެ.

ފައިނަލްމެޗުގެ މޮޅު ކުޅުންތެރިޔާ ހޭހަން ރެކްރިއޭޝަން ކްލަބުގެ ވަސު އަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކުލަބް ޔޫތު ސްޓަރގެ ނައިބް ރައީސް މުހައްމަދު އަބުދުއްޝަކޫރެވެ.

މުބާރާތުގެ ޝަރަފްވެރި މަޤާމުތައް:

1- މުބާރާތުގެ އެއްމެ މޮޅު ކުޅުންތެރިޔާ ދުވާފަރު ވޮލީ ޓީމުގެ ސްރީލަންކާގެ ސްޕައިކަރު ނިރަމާނި ސުލޮޗަނަޖަޔަވަރު

2- މުބާރާތުގެ އެއްމެ މޮޅު ސެޓަރު ހޭހަން ރެކްރިއޭޝަން ކްލަބުގެ ވިސާމާ އަލީ

3- މުބާރާތުގެ އެއްމެ މޮޅު ސާވަރ މަންހަޖު ޓީމުގެ އުޒުމާ އަބްދުއްޝަކޫރު

4- 21 އަހަރުން ދަށުގެ އެއްމެ އުއްމީދީ ކުޅުންތެރިޔާ ހެދޭކުރި ޓީމުގެ ފާތިމަތު ސަމްހާ

5- މުބާރާތުގެ އެއްމެ މޮޅު ކޯޗު ދުވާފަރު ވޮލީ ޓީމުގެ ހުސައިން މުހައްމަދު ފުޅު

6- މުބަރާތުގެ އެއްމެމޮޅު ސްޕައިކަރ ހޭހަން ރެކްރިއޭޝަން ކްލަބުގެ ސްރީލަންކާގެ ސްޕައިކަރު ވަސަނަ މަދުމަލި (ވަސު)

7- މުބާރާތުގެ ފެއަޕްލޭ ޓީމު ހެދޭކުރި ޓީމު

8- މުބާރާތުގެ ރަނަރަޕް ޓީމް – ދުވާފަރު ވޮލީ ޓީމު

 

މުބާރާތުގެ އޮފިޝަލް ކަންކޮށްދެއްވި ފަރާތްތަކަށް މެޑެލް ހަވާލުކޮށްދެއްވީ ޖަމްއިއްޔަތުއްސައިފްގެ ރައީސް އަހުމަދު ނިޔާޒުއެވެ. ދެން ހުރި މަޤާމުތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ އުނގޫފާރު ކައުންސިލް މެމްބަރު ހުސައިން އާސިފް އާއި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދެވެ.

މުބާރާތުގެ ރަނަރަޕް އަދި ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހުމާން ބެސްޓް ޕްރައިސް ގެ ވެރިޔާ މުހައްމަދު ޝަރީފްއެވެ.

މުބާރާތުގެ ފަހުރުވެރި މަޤާމުތައް ހޯދި ކުޅުންތެރިންނަށާއި ޓީމުތަކަށް އުނގޫފާރު ޑޮޓް ކޮމްގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި ވަރަށް ހާއްސަކޮށް މުބާރާތުގެ ތަށި މިލްކުކުރި ހޭހަން ރެކްރިއޭޝަން ކުލަބަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ފޭސްބުކް ލައިވް ބައްލަވާލެއްވުމަށް

 

SAIF Golden Jubilee Volleyball Tournament – FinalHeyhan RC vs Dhuvaafaru VT

Posted by Ungoofaaru.com on Friday, 4 October 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close