ޚަބަރުރ.އަތޮޅު

އިންނަމާދޫ ކައުންސިލުން ބިނާކުރި މައިޒާން ހުޅުވައިފި

އިންނަމާދޫ ކައުންސިލު

ރ. އިންނަމާދޫ ކައުންސިލުން ބިނާކުރި މައިޒާން ހުޅުވައިފިއެވެ. އިންނަމާދޫ ސްކޫލުގެ ދަރިވަރުން ނާއި ބެލެނިވެރިން ސުކޫލު ދޮށަށް ޒިޔާރަތްކުރާއިރު އެފަރާތްތަކަށް އަވިން ނާއި ވާރޭއިން ސަލާމަތްވުމަށް ބިނާކުރި ޒަމާނީ މިމައިޒާން ހުޅުވައި ދެއްވީ ރ އަތޮޅު ކައުންސިލުގެ ނައިބް ރައީސް އަބްދުﷲ ހުސައިންއެވެ.

މިރޭ މިކަމަށްޓައި އިންނަމާދޫ ގައި ބޭއްވި ރަސްމިއްޔާތުގައި އިންނަމާދޫ ކައުންސިލްގެ މެމްބަރުންނާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހް އާއި އެރަށުގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

އެއްލައްކަ ބާރަހާހަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން އިންނަމާދޫ ކައުންސިލުން ބިނާކުރި މިމައިޒާނަށް ބެންޗުތައް ހަދިޔާ ކޮށްދެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. ބިޑު އުސޫލުން ބަޔަކައި ހަވާލުކޮށްގެން މިމަސައްކަތް ނިންމާފައި މިވަނީ 9 މަސް ދުވަހުންނެވެ.

އިންނަމާދޫ ކައުންސިލުން ބިނާކުރި މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ނައިބް ރައީސް ހުަސައިން އަރީފް ވާހަކަފުޅު ދައްކަވަނީ

އިންނަމާދޫ ކައުންސިލުން އަންނަނީ އިންނަމާދޫގެ ތަރައްޤީ އަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންނަމާދޫގެ ކުނި މެނޭޖުކުރުމާއި މަސްވެރިންނަށް ފަސޭހައިން މަސް ކެނޑުމަށް ބަނދަރުގައި މަސްކަނޑާ ތަނެއް ހެދުމާއި ރަށުގެ މަޤުތަކުގައި ލެޑް ލައިޓް ހަރުކުރުމާއި އަލަށް މީހުން އާބާދުވި ސަރަހައްދުގެ މަގުތައް ހަދާ އެމަގުތައް ލެވެލް ކުރުން ފާހަގަ ކޮށްލެވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close