ޚަބަރުތައުލީމް

2020 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު އިޢުލާން ކޮށްފި

2020 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ފަރާތުން ނެރެފައިވާ 2020 ވަނަ އަހަރުގެ ކަލަންޑަރުގައި ވާގޮތުން އާއަހަރުގެ ކިޔެވުން ފެށިގެންދާނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. މުދައްރިސުން ޗުއްޓީ ނިންމާ މަސައްކަތައް ނިކުންނަށް ޖެހޭނި 7 ޖެނުއަރީ 2020 ގައެވެ.

2020 ވަނަ އަހަރު ސުކޫލުތަކުގައި 201 ދުވަހު ކިޔަވައިދޭނެއެވެ. ފުރަތަމަ ޓާމްގެ މިޑްޓާމް ބްރޭކް ލިބޭނީ މާރޗް 8 ން 12 އަށެވެ. އަދި ފުރަތަމަ ޓާމްގެ ބްރޭކް ލިބޭނީ މެއި 24 ން 28 އަށެވެ. ފުރަތަމަ ޓާމް ޗުއްޓީ އަށް ފަހު ސްކޫލްތައް ހުޅުވޭނީ މެއި 31 ގައެވެ. ދެވަނަ ޓާމްގެ މިޑްޓާމް ބްރޭކް ލިބޭނީ އޮގަސްޓް 2 ން 6 އަށެވެ. އަދި  2020 ވަނަ އަހަރުގެ ކިޔެވުން ނިމެނީ 12 ނޮވެމްބަރުގައިކަމަށް ކަލަންޑަރުގައި ވެއެވެ.

ކަލަންޑަރުގައި ވާގޮތުން 2021 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ 12 ޖެނުއަރީ ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close