ކޮވިޑް-19

ޚަބަރުތައުލީމް

އުނގޫފާރު ވަޖުދީ އާއިލާއިން ޓީޗާސްޑޭ ކުލަގަދަކޮށް ފާހަގަ ކޮށްފި

އުނގޫފާރު ސްކޫލް

ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ރ. އުނގޫފާރު ވަޖުދީގެ އާއިލާއިން އުނގޫފާރު ސްކޫލުގެ މުދައްރިސުންނާއި މުވައްޒަފުންނަށް ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ. މިހަފްލާ އޮތީ މިއަދު ހަވީރު އުނގޫފާރު ސްކޫލުގައެވެ.

އެއާއިލާގެ ފަރާތުން ވަނީ މިދިޔަ އަހަރު އުނގޫފާރު ސްކޫލުން އެކިގޮތްގޮތުން ފާހަގަ ކޮށްލެވުނު 6 ފަރާތަކަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މިފިލާތައް ހަވާލުކޮށްދެއްވީ އުނގޫފާރު ސްކޫލުގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާއެވެ.

މުދައްރިސުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހުރިހައި މުވައްޒަފުންނަށްވެސް ވަނީ ހަދިޔާއެއް ދީފައެވެ. މިހަދިޔާ ތައް ހަވާލުކުރީ ވަޖުދީގެ ދަރިންނާއި ކާފަ ދަރިންނާއި އަދި އެއްބަނޑު މީހުންނެވެ.

މިހަފްލާގައި އެއާއިލާއިން ބުނެފައިވަނީ އެއާއިލާއިން މިކަން ކުރަނީ އެއާއިލާގެ އެއްމެ އިސް ދެ މުދައްރިސުން ކަމަށްވާ އަބްދުއްސައްތާރު ވަޖުދީ އާއި އާމިނަތު އަލީ އަކީ އުނގޫފާރުގެ ތައުލީމަށް ނުހަނުގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކެއްކަމަށްވާތީ އާއި މައިންބަފައިންގެ އެބުރަމަސައްކަތުގެ އަގުވަޒަންކޮށް ދަރިންގެ ފަރާތުންވެސް އެރީތި ނަމޫނާ ދައްކާ އުނގޫފާރުގެ ދަރީންނަށް ރަގަނޅު ތައުލީމެއްދިނުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ހިތްވަރު ދިނުން ކަމަށެވެ.

މިހަފްލާގައި އެއާއިލާގެ ފަރާތުން ވަނީ ވަރަށްފުރިހަމަ ސައިފޮދެއްވެސް ދީފައެވެ. މިއީ މިއާއިލާއިން މުދައްރިސުންގެ ދުވަސް މިގޮތައް ފާހަގަ ކުރި 3 ވަނަ އަހަރެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close