ޚަބަރުރ.އަތޮޅުވަޒީފާ

ދުވާފަރު ޞިއްޙީ މަރުކަޒުގެ 4 މަޤާމަކަށް މުވައްޒަފުން ހޯދަނީ

ދުވާފަރު ޞިއްޙީ މަރުކަޒު

ރ. ދުވާފަރު ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ. މިފަހަރު ހުޅުވާލި ފުރުސަތުގައި 4 މަޤާމަކަށް 4 މުވައްޒަފުން ހޯދުމަށް އެމަރުކަޒުން ވަނީ އިއުލާނު ކޮށްފައެވެ.

ދުވާފަރު ސިއްހީ މަރުކަޒުން ކޮށްފައިވާ އިއުލާނުތަކު ގައި މުވައްޒަފުން ބޭނުންވާ މަޤާމުތަކަކީ ވޮޗަރު، ކޮމިއުނިޓީ ހެލްތް އޮފިސަރ، ރިސެޕްސަނިސްޓް އަދި ލެބޯރަޓްރީ ޓެކްނޮލޮޖިސްޓްގެ މަޤާމެވެ.

މިވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ރ. ދުވާފަރު ޞިއްޙީ މަރުކަޒުގެ އޮފީހަށެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  16 އޮކްޓޯބަރ 2019 އާއި 31 އޮކްޓޯބަރ 2019   އާ ދެމެދު، ރ.ދުވާފަރު ޞިއްޙީ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެމަރުކަޒުން އެދިފައިވެއެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ވަޒީފާތަކުގެ މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6582711 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ r.dhuvaafaruhc@health.gov.mv އަށެވެ.

ވަޒީފާތަކުގެ އިއުލާނު ގެޒެޓުން ބެއްލެވުމަށް

http://www.gazette.gov.mv/iulaan/view/113645

http://www.gazette.gov.mv/iulaan/view/113644

http://www.gazette.gov.mv/iulaan/view/113643

http://www.gazette.gov.mv/iulaan/view/113642

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
އާމިރު އަޙްމަދު Recent comment authors
އާމިރު އަޙްމަދު
Guest
އާމިރު އަޙްމަދު

ވަރަށް ބޮޑަށް ޝުކުރިއްޔާ

Close