ޚަބަރުރ.އަތޮޅު

ލޯންޗު އެކްސިޑެންޓެއްގައި އިނގުރައިދޫ ޒުވާނެއްގެ ފައި ބުރިވެއްޖެ

ކަނޑު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި އިނގުރައިދޫ ޒުވާނެއްގެ ފައި ބުރި ވެއްޖެއެވެ. މިޒުވާނާ މިހާރުވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ރ. ކޮށްޓަފަރު ބޭރުގައި ފީނަން އުޅެފައި މައްޗަށް އެރިވަގުތުއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބުރަފަތިންޖެހި ބުރިވެފައިވަނީ ވާތުފައެވެ. ވާތުފައިގެ ކުޑަހުޅުކައިރިންކައިރިން ބުރިވެފައިވާއިރު ވާތު ފައިގެ އެކި ހިސާބުވަނީ ބުރަފަތިން ޖެހި ޒަހަމްވެފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި އެ ހޮސްޕިޓަލުން މިހާރު އަންނަނީ އެ ޒުވާނާ އެމަޖެންސީގައި މާލެ ފޮނުވުމަށް ތައްޔާރުވަމުންނެވެ.

އިނގުރައިދޫ އިން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި އަނިޔާވި ޒުވާނާ އަކީ އާންމުކޮށް ފީނުމާއި މަސްވެރިކަން ކޮށް އުޅޭ ޒުވާނެކެވެ.

އިތުރު ތަފްސީލު އަންނަނީ……………

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close