ޚަބަރުރ.އަތޮޅު

މަނަދޫގައި ބޭއްވި ނޯތު ޕޮލިސް ޑިވިޝަންގެ ސިމްޕޯޒިއަމް ނިންމާލައިފި

ނޯތު ޕޮލިސް ޑިވިޝަން ގައި ހިމެނޭ ނ، ރ، ބ އަދި ޅ އަތޮޅުގައި ދެމުންގެންދާ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ބެހޭގޮތުން ބޭއްވި ސިމްޕޯޒިއަމް ނިންމާލައިފިއެވެ. މި ސިމްޕޯޒިއަމް ބާއްވާފައިވަނީ މި މަހު 6 ން 8 އަށް ނ. މަނަދޫ ގައެވެ.

މައުލޫމާތު ލިބިފައިވާގޮތުން މި ސިމްޕޯޒިއަމްގައި މަޝްވަރާ ކުރެވިފައިވަނީ އަތޮޅުތަކުގައި ހިނގާ ކުއްތައް މަދުކުރުމަށް އެއްމެން އެކުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮަތްތަކާއި އަދި މި ހަތަރު އަތޮޅުގެ ޕޮލިހުންގެ ފަރާތުން ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ހަރުދަނާ ކުރެވިދާނެ ގޮތްތަކަކާއި ބެހޭގޮތުންނެވެ. އަދި މީގެ ިއތުރުން މި ޑިވިޝަންގެ ހުރިހައި ޕޮލިސް ސްޓޭޝަން ތަކުންވެސް ވެސް ހިދުމަތް ދިނުމުގައި އެއްގޮތަކަށް އަމަލުކުރުމާއި ކޮންމެ ރަށަކީވެސް އެރަށެއްގެ ރައްޔިތުންނަށް އަމާންވެއްޓެއް ގާއިމުވެފައިވާ ރަށަކަށް ހެދުމަށް ކުރެވިދާނެ ކަންކަމާއި ބެހެގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ.

ތިން ދުވަހުގެ މުއްދަތައް ނ މަނަދޫގައި ކުރިއަށްދިޔަ މި ސިމްޕޯޒިއަމްގައި އަތޮޅުތަކުގައި ކުރުމަށް ރޭވިފައިހުރި މަސައްކަތް ތަކުގެ ތާވަލް ހިނެމޭ ކަލަންޑަރު އިފްތިތާހުކޮށްފައެވެ.

މައުލުމާތު ލިބިފައިވާ ގޮތުން މި ސިމްޕޯޒިަމްގައި ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ އަބދުއްސައްތާރު އާއި މި ޑިވިޝަންގައި ހިމެނޭ ނ، ރ، ބ އަދި ޅ އަތޮޅުގެ ކޮމާޑަރުން ނާއި މި އަތޮޅު ތަކުގެ ޕޮލިސް ސްޓޭޝަންގެ އިންޗާޖުން ބައިވެރިވިއެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close