ޚަބަރުރ.އަތޮޅު

ވޯލްޑް ބޭންކުން ދިވެހިންގެ ހިޔާލު ހޯދަން ސާވޭއެއް ފަށައިފި – ބައިވެރިވެލައްވާ!

ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ މުހިންމު މައްސަލަތަކާއި ހުރި ފުރުސަތުތައް އަދި އެ ކަންކަން ހައްލު ކުރަން ކުރެވިދާނެ ކަންކަން ދެނެގަތުމަށް ވޯލްޑް ބޭންކުން ދިވެހި ބަހުން ސާވޭއެއް ފަށައިފި އެވެ.

ވޯލްޑް ބޭންކުން ބުނެފައިވަނީ ރާއްޖޭގެ ދެވަނަ ސިސްޓަމެޓިކް ކަންޓްރީ ޑައެގްނޯސްޓިކް (އެސްސީޑީ) އަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދަން އޮންލައިން ސާވޭއެއް އިފްތިތާހްކޮށްފައިވާ ކަމަށެވެ. އަދި މިއީ، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ފަޤީރުކަން ނައްތާލުމަށް ހުރި ހުރަސްތަކާއި ފުރުސަތުތައް ދެނެގަނެ، އެ ކަންކަމާއި މެދު ދިވެހި ރައްޔިތުންގެ ވިސްނުން ހުރި ގޮތް ދެނެގަތުމުގެ ބޭނުމުގައި ކުރެވޭ ސާރވޭއެކެވެ. މި ސާރވޭގެ ޒަރިއްޔާއިން އެއްކުރެވޭ މަޢުލޫމާތު ބޭނުން ކުރެވޭނީ ވާރލްޑް ބޭންކް އިން، ހެކީގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ (އެވިޑަންސް – ބޭސްޑް) ދިރާސާއެއް ކަމުގައިވާ، ސިސްޓަމެޓިކް ކަންޓްރީ ޑައެގްނޯސްޓިކް (އެސް.ސީ.ޑީ)ގައެވެ. ވާލްޑް ބޭންކް އިން ދިވެހިރާއްޖޭގައި ހިންގާ ޕޮލިސީ މަޝްވަރާތަކާއި އަދި އެހެނިހެން މަޝްރޫޢުތައް ބިނާކުރެވޭނީ މި އެސް.ސީ.ޑީ ދިރާސާގެ މައްޗަށެވެ.

ތަރައްޤީ އާއި ގުޅުން ހުރި ކަންކަމުގައި އާންމުންގެ ވިސްނުން ހުރި ގޮތް ދެނެގަތުމުގެ ބޭނުމަކީ، އެސް.ސީ.ޑީ ދިރާސާގައި، ދިވެހިރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި ފަޤީރުކަން ނައްތާލުމަށް ހުރި ހުރަސްތަކާއި ބެހޭގޮތުން ހިމަނާ އެނަލެސިސް، އިތުރަށް ވަރުގަދަކުރުމެވެ. އެހެންކަމުން މި ސާރވޭގެ ޒަރިއްޔާއިން އެއްކުރެވޭ މަޢުލޫމާތުތަކަކީ އެސް.ސީ.ޑީގެ ތައްޔާރީ މަރުހަލާއަށް މުހިންމު މަޢުލޫމާތުތަކަކަށް ވާނެއެވެ.

މިސާރވޭގަ ބުނެފައިވާ ގޮތުން ތިޔަ ފަރާތުގެ ޚިޔާލު އަޅުގަނޑުމެންނަށް މުހިންމެވެ. މި ސާރވޭގެ ޒަރިއްޔާއިން އެއް ކުރެވޭ މަޢުލޫމާތުގެ ސިއްރު ހިފަހައްޓާނެއެވެ. އަދި މި ސަރވޭގެ ޒަރިއްޔާއިން އެއްކުރެވޭ އެއްވެސް މަޢުލޫމާތެއް ޝާޢިއުކޮށް ނުވަތަ ބޭނުން ކުރެވޭނީ، މަޢުލޫމާތުގެ ވަކި ވަކި މަސްދަރުތައް ހާމަނުވާ ގޮތަށް، ޖުމްލަކޮށެވެ.

މިސާވޭގައި ބައިވެރިވުމަށް  ސާރވޭގެ ސުވާލު ތަކަށް ޖަވާބު ދެއްވުމަށް

އޮންލައިންކޮށް ކުރާ މި ސާވޭ ކުރަން ވާލްޑް ބޭންކް އިން ވަނީ ރާއްޖެ އަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ޓުވިޓާ އެކައުންޓެއް ގާއިމްކޮށްފަ އެވެ. ވޯލްޑް ބޭންކުން ދިވެހި ބަހުން ކޮށްފައިވާ ޓުވީޓް

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
Close