ޚަބަރުތައުލީމް

ވެނީލާ ޓިއުޝަން ކްލާހުގެ 10 ދަރިވަރުން ޚަތިމުކޮށްފި

ވެނީލާ ޓިއުޝަން ކްލާސް

ރ. އުނގޫފާރު ވެނީލާ ޓިއުޝަން ކުލާހުގެ 10 ދަރިވަރުން ޚަތިމުކުރުމުގެ މަޖިލިސް އިއްޔެ ބާއްވައިފިއެވެ. ޚަތިމުކުރުމުގެ މިމަޖިލީހުގައި އެދަރިވަރުންގެ މައިންބަފައިންނާއި އާއިލާއާއި ރަހުމަތްތެރި ކުދިންވެސް ބައިވެރި ވެފައިވެއެވެ.

ވެނީލާ ޓިއުޝަން ކްލާސް އާންމު ނަމުންނަމަ (ޒާހިތްތަ ޤުރުއާން ކްލާސް) ހުން މައުލޫމާތު ދިންގޮތުގައި ޚަތިމު ކުރުމުގެ މަޖިލިސް އެކުލާހުން އަހަރެއްގެ ތެރޭގައި އެތަކެއްފަހަރު ބާއްވައެވެ. ނަމަވެސް މިފަހަރަހު ހާއްސަވީ މިއީ އެކުލާހުގެ ތާރީހުގައި އެއްމަޖިލީހެއްގައި އެއްމެ ގިނަ ދަރިވަރުން ޚަތިމު ކުރި މަޖިލީސް ކަމަށްވީމަ ކަމަށެވެ.

“މިކުލާހުން ކިޔަވާ ކޮންމެ ދަރިވަރަކުވެސް މުޤައްރަރު ފުރިހަމަ ވީމާ މި ޚަތިމު ކުރަނީ، ނަމަވެސް މިފަހަރު ގިނަ ކުދިންތަކެއް އެއްދުވަސްކޮޅެއްގައި ވަރަށް ކައިރިކައިރީގައި މުޤައްރަރު ފުރިހަމަ ކުރީމައި އެއްކޮށް ޚަތިމިކުރުމުގެ މަޖިލިސް މިގެންދިއައީ”

 

ޚަތިމުކުރުމުގެ ކަންކަން ކޮށްދެއްވީ  ކުޑަކުދިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޒުވާން މުދައްރިސު އަބްދުﷲ އަލީ އެވެ. ވެނީލާ ޓިއުޝަން ކުލާހުން މިފަހަރުވަނީ ޚަތިމުކުރި ދަރިވަރުންނަށް އެކަމުގެ ސެޓްފިކެޓްވެސް ދީފައެވެ. ސެޓްފިކެޓްތައް ބައްސަވާދެއްވީ ޤުރުއާން މުދައްރިސް އަބްދުﷲ އަލީއެވެ.

މިމަޖިލިސް ނިމިގެން ދިޔައީ ޚަތިމުކުރި ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ބޭއްވި ވަރަށް ފުރިހަމަ މެންދުރުގެ ފަރިއްކޮޅަކުންނެވެ.

ގުރުއާން ޚަތިމުކުރި މަޖިލީހުގެ ވީޑިއޯ

Ungoofaaru #VanillaQURAAN_ Class ge faraathun mihaathanah beyvvi Silsila #Khathim kurumuge Emme bodu event.

Veneelaa Tuition Class (Quran Class) ge 10 Dharivarun Khathimu Kurumuge Majilis

Posted by Ungoofaaru.com on Saturday, 12 October 2019

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close