ޚަބަރުރ.އަތޮޅުކުޑަކުދިންސިއްޙަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 24 ނޮވެމްބަރު ގައި ފަށަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހިތާނީ ކޭމްޕް މިއަހަރުވެސް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިއަހަރުގެ ކޭމްޕު ބޭއްވުމަށް ހަމަޖައްސާފައިވަނީ 24 ނޮވެމްބަރު 2019 އިން 5 ޑިސެންބަރު 2019 ގެ ނިޔަލަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިއްޔެ ކުރި އިއުލާނުގައި ވަނީ މިކޭމްޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 6 ދުވަހަށް ބަހާލެވިގެން ކަމަށާއި ކޮންމެ ދުވަހަކު 10 ކުދިން ހިތާނު ކުރާނެކަމަށެވެ. މިގޮތުން ހިތާނު ކުރަން ހަމަޖެހިފައިވާ ދުވަސްތަކަކީ 24، 26، 28 ނޮވެމްބަރ 2019 އަދި 1, 3, 5 ޑިސެމްބަރ 2019 ކަމުގައި ހޮސްޕިޓަލްގެ އިއުލާނުގައިވެއެވެ.

މިކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިހިނގާ އޮކްޓޯބަރ މަހުގެ 14 ވަނަދުވަހުން ފެށިގެން 14 ނޮވެމްބަރު 2019 އަށް ނަންނޯޓު ކުރުން ކުރިޔަށް ގެންދިއުމަށް ވަނީ ހުޅުވާލެވިފައެވެ. ހޮސްޕިޓަލްގެ ކައުންޓަރަށް ވަޑައިގެން ނުވަތަ 6580100 ނަމްބަރ ފޯނަނަށް ގުޅުއްވައިގެން ނަން ނޯޓުކުރުމާއި މައުލޫމާތު ސާފުކުރެއްވުން ކުރިޔަށް ގެންދަވޭނެކަމަށް ހޮސްޕިޓަލްއިން މައުލޫމާތު ދެއްވައެވެ.

މީއި މިކޭމްޕް ވިދިވިދިގެން ބާއްވަމުން އަންނަ 4 ވަނަ އަހަރު ކަމަށާއި އުނގޫފާރުގެ އިތުރުން ރ އަތޮޅުގެ އެހެން ރަށް ރަށުންވެސް މިކޭމްޕަށް ވަރަށް ހޫނު ތަރުހީބެއް ލިބޭކަމަށް  އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްއިން މައުލޫމާތު ދެއްވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close