ޚަބަރު

ޒުވާން ޑޮކްޓަރު މައުރޫފް ސްޕެސަލިސްޓެއް ގޮތުގައި މިއަދު ޚިދުމަތަށް!

އޭޑީކޭ ހޮސްޕިޓަލުގެ ސްކޮލަޝިޕެއްގެ ދަށުން ކިޔެވުމަށްފަހު ޑރ.މައުރޫފް ވިޝާމް، ނީލޯފަރުގެ، ރ.އުނގޫފާރު މިއަދު ޚިދުމަތާ ގުޅިއްޖެއެވެ. ޑރ.މައުރޫފު މިހާރު ވަނީ އޭޑީކޭފައި ބަލިމީހުން ބަލަން ފަށާފައެވެ.

ޑރ.މައުރޫފް ވިސާމް ސްޕެސިއަލައިޒް ވެފައި ވަނީ ޖެނެރަލް ސާޖަރީ ނުވަތަ އާންމު އޮޕެރޭޝަންތަކަށް ޙާއްސަ ޑޮކްޓަރެއްގެ ގޮތުގައެވެ. ޑރ.މައުރޫފާއެކު އޭޑީކޭގެ ސްކޮލަޝިޕްގެ ދަށުން ސްޕެސިއަލައިޒްވި ޑރ.ޒާހިޔާ އަބްދުލް ބާރީ އަދި ޑރ. މައުރޫފާ އަބްދުލް ލަތީފް ވެސް ވަނީ މިއަދު ޚިދުމަތާ ގުޅިފައެވެ.

އޭޑީކޭއިން މިކަން ހާމަކޮށް މިއަދު ކުރި ޓުވީޓެއްގައި ވަނީ މި 3 ޑޮކްޓަރުންނަށް މަރުހަބާ ކިޔާފައެވެ. އޭޑީކޭ އިން ސްކޮލަޝިޕް ޕްރަގުރާމްގެ ދަށުން ޑޮކްޓަރުން ތަކެއް ސްޕެސިއަލައިޒްވި މިއީ ފުރަތަމަ ފަހަރެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އަފްއާލް ވިދާޅުވިގޮތުގައި ގިނަ ޑޮކްޓަރުން ތަކެއް ޚިދުމަތައް ނިކުމަކީ އުފަލެއް ކަމަށާއި އިންސާނޯ ވަސީލަތްތައް ބިނާކުރުމުގައި އޭޑީކޭއަށް ބައިވެރިވެވޭތީ އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.

ޑރ.މައުރޫފް މި ހޯދި ކާމިޔާބީއަކީ މުޅި އުނގޫފާރަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު  އުފަލަކާއި ފަހުރެކެވެ. އަދި ޑރ.މައުރޫފުގެ މި ކާމިޔާބީ އުފާއިން ފާހަގަކޮށް އޭނާއަށް މަރުހަބާ ކިޔަމަވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Rashumeehaa Recent comment authors
Rashumeehaa
Guest
Rashumeehaa

Mikidhin doctor kan kiyavaigen rashah othee kon faidhaaeh??

Close