ޚަބަރުރ.އަތޮޅުދީން

“ނަބިއްޔާގެ ދިފާއުގައި” ބޮޑު ހިނގާލުމެއް ހުޅުދުއްފާރު ގައި ބާއްވަނީ

މިއުއްމަތުގެ މާތް ނަބިއްޔާ މުހައްމަދު ރަސޫލުﷲ ގެ ދިފާއުގައި ބާއްވާ ބޮޑު ހިނގާލުމެއް ހުކުރު ދުވަހު ހަވީރު ހުޅުދުއްފާރުގައި އޮންނާނެއެވެ. މިހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ 18 އޮކްޓޫބަރ ވާ ހުކުރު ދުވަހު ހަވީރު 16:15 ގައި ހުޅުދުއްފާރު ކައުންސިލުގެ އިދާރާ ކުރިމަތިންނެވެ.

ހުޅުދުއްފާރު ކައުންސިލް އަދި ލެންޓާން ގުޅިގެން ކުރިއަށް ގެންދާ ހާއްސަ މިހަރަކާތަކީ އިސްލާމްދީނާއި މިއުއްމަތުގެ މާތް ނަބިއްޔާއަށް ކުރެވޭ ފުރައްސާރައާއި ހުޅުދުއްފާރު ރައްޔިތުން ދެކޮޅުކަން ހާމަކޮށް ދެއްކުމުގެ ގޮތުން ބާއްވާ ހިނގާލުމެކެވެ.

ހިނގާލުމުގެ އިތުރުން ހާއްސަ ދަރުސް އެއްވެސް ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދަރުސް އޮންނާނީ ހުޅުދުއްފާރު މަތާރަން މާލަމުގައި ރޭގަނޑު 20:20 ގައެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. ރ އަތޮޅުގެ އެކިރަށްރަށުގެ ކައުންސިލްތަކުން މިކަން ކުއްވެރިކޮށް ބަޔާން ނެރެފައިވާއިރު ދުވާފަރުގައިވެސް ވަނީ އެމްޑީއެން ކުއްވެރިކޮށް އެޖަމާއަތް އުވާލުމަށް ގޮވާލައި ހިނގާލުމެއް ބާއްވާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close