ޚަބަރުރ.އަތޮޅުސިއްޙަތު

ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތެއް ހުޅުދުއްފާރުގައި ބާއްވައިފި

ހުޅުދުއްފާރު

ބައިނަލް އަގުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުދުއްފާރުގައި “ހެލްތީ ބްރެކްފާސްޓް” ގެނަމުގައި ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މިއަދު ހެނދުނު ހުޅުދުއްފާރު ސުކޫލުގައި، ދަރިވަރުންގެ ނާސްތާ ގަޑީގައި ކުރިއަށްގެން ދިޔަ މިހަރަކާތުގައި ހުދުއްފާރުގައި ހުރި ހުރިހައި މުވައްސަސާތައް ބައިވެރިވެފައިވެއެވެ.

މިހަރަކާތާއި ބެހޭގޮތުން ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހީމް (މޮންޑީ) ވިދާޅުވީ މިހަރަކާތުގެ ބޭނުމަކީ ހަށިގަނޑަށް އެއްމެ ފައިދާހުރި ކާނާ ވީވަރަކުން ބޭނުންކުރުމަށް ބާރުއަޅާ އެކަމުގެ މައުލޫމާތު ނާސްތާއަކާއެކު ފޯރު ކޮށްދިނުން ކަމަށެވެ.

މިހަރަކާތުގައި ބައިވެރިވި ހުރިހައި މުވައްސަސާތަކުގެ މުވައްޒަފުންނާއި ދަރިވަރުންގެ ހެނދުނުގެ ނާސްތާ ކުރިއަށް ގެންގޮސްފައިވަނީ އެއްހަރަކާތެއްގެ ގޮތުގައެވެ.

ހުޅުދުއްފާރުގައި ކުރިއަށްގެންދިޔަ ހެލްތީ ބްރެކްފާސްޓް ހަރަކާތުގެ ތެރެއިން / ފޮޓޯ: ހުދުއްފާރު ކައުންސިލްގެ ފޭސްބުކް
ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close