ކޮވިޑް-19

ޚަބަރުރ.އަތޮޅުސިއްޙަތު

ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން “ބަކުން” ތައްޔާރު ކުރުމުގެ މުބާރާތެއް ބާއްވަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން “ހަޔާތުގެ ފުރަތަމަ އެއްހާސް ދުވަސް” އާއި ގުޅުވައިގެން ކުޑަކުދިންގެ ހާއްސަ “ބަކުން” ތައްޔާރު ކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން އިންތިޒާމުކުރާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭފަރާތްތަކަށް މިމަހުގެ 20 އަދި 21 މިދެދުވަހުގެ 9:00 ން 14:00 އާއި ދެމެދު ޕަބްލިކް ހެލްތު ޔުނިޓުން މުބާރާތުގައި ބައެވރިވުމަށް އެދޭ ފޯމު ދޫކުރުމުގެ  އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފޯމު ހުށައަޅަން ޖެހޭ އެއްމެ ފަހު ތާރީޚަކީ 22 އޮކުޓޫބަރު 2019 އެވެ.

މުބާރާތް ރޭވިފައިވާ ގޮތާއި ބެހޭގޮތުން އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އަހުމަދު މާހިރު ވިދާޅުވީ މުބާރާތް ބާއްވާނެ ތަނެއް ކަނޑައަޅާނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފައިކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ބަކުން ތައްޔާރު ކުރަން ޖެހޭނީ މުބާރާތް ކުރިއަށްދާ ތަނުގައި ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ކަމަށާއި ބަކުން ތައްޔާރު ކުރަމަށްބޭނުންވާ ހުރިހައި ތަކެތި ހަމަކުރުމަކީ ޓީމުތަކުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

މާހިރު އިތުރަށް ވިދާޅުވީ އެފަރާތުން މަސައްކަތް މިކުރަނީ މުބާރާތް ބާއްވާތަނުގައި އެއްމެންނަށް އެއްކަހަލަ ސެޓަޕެއް، ކެއްކުމަށް ބޭނުކުރާނެ އުނދުނާއި މަސައްކަތައް ބޭނުންކުރާނެ މޭޒާއި ފެންފަދަ މައިގަނޑު ތަކެތި ފޯރުކޮށްދެވޭތޯ ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close