ކޮވިޑް-19

ޚަބަރުރ.އަތޮޅު

އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތައިލައިފި

އުނގޫފާރު ޕޮލިސް

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ  ނައްތައިލައިފިއެވެ.

މިތަކެތި ނައްތައިލާފައިވަނީ މިހިނގާ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އުނގޫފާރު  ޕޮލިސް ސްޓޭޝަން ގޯތިތެރޭގައެވެ.

އުނގޫފާރު ޕޮލިސް ސްޓޭޝަނުން އިއްޔެ ނައްތައިލާފައިވަނީ އެކި މައްސަލަތަކުގައި ހިމެނޭ 91 ފުޅި ބަނގުރަލާއި  46 ދަޅު ބިޔަރެވެ. މިތަކެެއްޗަކީ 2019 ޖޫން 12 އިން ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް އެކިދުވަސް މަތިން، ރ. އިފުރު ޑޮމެސްޓިކް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތައިލުން އުނގޫފާރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މަސްދަރު: ޕޮލިސް ލައިފް

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close